Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލޭންޑް

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

ރޫނީ އަކީ މިހާތަނަށް އިންގްލޭންޑްގެ ގައުމީ ޓީމަށް އެންެމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 24 މެއި 2017 | ބުދަ 23:28
އިންގްލޭންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ

އިންގްލޭންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ

އިންގްލޭންޑްގެ ގައުމީ ޓީމުން ކުރިއަށް ހުރި މެޗުތަކަށް ނަގާ ސްކޮޑުގައި ރޫނީ ނުހިމެނޭނެ ކަމަށް ސްކައި ސްޕޯޓްސް އިން ބުނެފި އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗް ގެރެތް ސައުތް ގޭޓް ވަނީ، ގައުމީ ޓީމުން ކުރިއަށް ހުރި މެޗުތަކަށް ނަގާނެ ނުރަސްމީ ސްކޮޑެއް އެކުލަވާލާފައެވެ. އަންނަ މަހުގެ 10 ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ސްކޮޓްލޭންޑާއި ދެކޮޅަށް އަދި އޭގެ 3 ދުވަސް ފަހުން ފްރާންސްއާ ދެކޮޅާށް އެކުވެރިކަމުގެ މެޗަކަށް އިންގްލޭންޑުން ނިކުންނާނެ އެވެ.

މި މެޗުތަކަށް ރަސްމީ ސްކޮޑް ބުރާސްފަތި ދުވަހު އިއުލާން ކުރާނެ އެވެ. ނަމަވެސް މި ސްކޮޑުގައި، ބެލެވޭ ގޮތުގައި ރޫނީ ނުހިމެނޭނެކަމަށް ސްކައި ސްޕޯޓްސްއިން ބުނެ އެވެ. ފާއިތުވި މަހުގައި އިންގްލޭންޑްގެ ކޯޗް ސައުތް ގޭޓް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައިވެސް ރޫނީ ހިމެނިފައެއް ނުވެއެވެ.

އިންގްލޭންޑްގެ ކެޕްޓަން ރޫނީ އަކީ މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ނަމަވެސް މި ސީޒަނުގައި އޭނާ ކުޅޭ ކްލަބު، މެންޗެސްޓާ ޔުނައިޓޭޑުގެ ގިނަ މެޗުތަކުން އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ. މި ސީޒަނަށް ފަހުގައި ޓީމު ދޫކޮށްލާނެ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މީގެ ކުރިން ރޫނީ ވަނީ ކުލަބުގައި އޭނާ މަޑުކުރަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ރޫނީ އިންގްލޭންޑްގެ ގައުމީ ޓީމަށް އެންމެ ފުރަތަނަ ކުޅެފައިވަނީ 2003 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. މިހާތަނަށް އޭނާވަނީ ގައުމީ ޓީމަށް 119 މެޗް ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު