Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަމޭސް ޔުނައިޓެޑަށް

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

ހަމޭސް ވަނީ ރެއާލް އަށް ކުޅުނު 106 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައި

ރާއްޖެ އެމްވީ | 29 އެޕްރީލު 2017 | ހޮނިހިރު 18:33
ރެއާލްއަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް

ރެއާލްއަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ވޭން ރޫނީގެ 10 ނަމްބަރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް އަތުލަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮންބަލޮން އިން ބުނީ މި ސީޒަނަށްފަހު ހަމޭސް ރެއާލް ދޫކޮށް ޔުނައިޓެޑަށް ބަދަލުވާނެ ކަމަށާއި، އޭނާ އަށް ދިނުމަށް ހަމަޖެހިފައިވަނީ ކެޕްޓަން ވޭން ރޫނީގެ 10 ނަމަބަރު ޖޯޒީ ކަމަށެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ދެކޭ ގޮތުގައި ރޫނީގެ ރިޕްލޭސްމެންޓަށް ޔުނައިޓެޑަށް ގެންނަން އެންމެ ރަނގަޅީ ހަމޭސްއެވެ. އެގޮތުން މޮރީނިއޯ ވަނީ މި ސީޒަނަށްފަހު ހަމޭސް އެޓީމަށް ގެނައުމަށް ޔުނައިޓެޑަށް އަންގާފައެވެ.

މި ސީޒަނަށްފަހު އެހެން ކުލަބަކަށް ހަމޭސް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، ދާދި ފަހުން އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ރެއާލްއާ އެކު ތަމްރީން ހަދަނީ ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް ކަމަށާއި، ރަނގަޅު ކަންތަކާ ރަނގަޅު ނޫން ކަންތައް ވެސް ދިމާވާ ކަމަށެވެ. އެހެންނަމަވެސް ބޭނުމީ ކުލަބުގައި މަޑުކުރަން ކަމަށެވެ.

ހަމޭސް ބުނީ ކުރިއާ އަޅާ ބަލާއިރު، ކުޅެން ލިބޭ ފުރުސަތު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. ހަމޭސް ބުނީ މަޑުމަޑުން ހުރިހާ ކަމެއް ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި، ތަފާތު ފެނިގެންދާނެ ކަމަށެވެ.

މިފަހަރުގެ ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ 11 ގައި ހިމެނިގެން ހަމޭސް ކުޅުނު ކަމުގައިވީ ނަމަވެސް ފަހަކައް އައިސް އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ގޮތް ނުވެފައެވެ.

ރެއާލް މެޑްރިޑާއި 2014 ވަނަ އަހަރު ގުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް 106 މެޗު ކުޅެދީ 34 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު