Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ފައިނަލް މެޗަކީ ތަފާތު މެޗެއް، މާޒިޔާގެ އުންމީދުތައް މަތި: އިވާން

ބޭނުންވަނީ ފައިނަލް މެޗު ކާމިޔާބު ކުރަން، ނަމަވެސް އެ މެޗު ފަސޭހެ ނުވާނެ ކަމަށް އިވާން ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 02:36
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރަތުގެ ފައިނަލްގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިވާން ވެންކޯ ކޮލޭވް ބުނެފި އެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި ވެސް ވާދަކޮށްފައި ވަނީ މި ދެ ޓީމެވެ. އެ މެޗުގައި 2-1 އިން އީގަލްސް ބަލިކޮށް މާޒިޔާ އިން ވަނީ ފަސް ވަނަ ފަހަރަށް ޝީލްޑު ކާމިޔާބުކޮށްފަ އެވެ. އިވާން ބުނީ، މީގެ ކުރިން ވެސް މާޒިޔާ އިން އީގަލްސްއާ ދެކޮޅަށް ކުޅުނު ކަމަށާއި، އެހެން ނަމަވެސް އެ މެޗާ ކުރިއަށް އޮތް ފައިނަލް މެޗާ މުޅިން ތަފާތުވާނެ ކަމަށެވެ. އެގޮތުން އީގަލްސްއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑު މެޗުން ވެސް ފެނުނީ، އެ ޓީމު ވަރަށް ފުރިހަމަ އަށް އަދި ވަރަށް ސީރިއަސްކަމާއެކު ތައްޔާރުވެފައިވާ މަންޒަރު ކަމަށެވެ. އޭނާ ބުނީ ކޮންމެ ގޮތެއްވީ ނަމަވެސް މާޒިޔާގެ ޓާގެޓު ނުވަތަ އުންމީދުތައް ވަރަށް މަތި ކަމަށެވެ. އެހެންކަމުން ބޭނުންވަނީ ފައިނަލް މެޗު ކާމިޔާބު ކުރަން ކަމަށާއި، ނަމަވެސް އެ މެޗު ފަސޭހެ ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވާދަކޮށް، ކުލަބް ވެލެންސިއާ އަތުން މާޒިޔާ ބަލިވެފައި އޮތުމުން، ކުރިއަށް އޮތް މެޗަށް އެކަމުގެ އެއްވަސް އަސަރެއް ކުރާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އިވާން ބުނީ އެއީ "މާޒީ" ކަމަށެވެ. އެހެންކަމުން މިހާރު ވިސްނަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، އެ މެޗަށް މާޒިޔާ އިން ތައްޔާރުވީ ވެސް ވަރަށް ސީރިއަސްކަމާއެކު ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުރިއަށް އޮތް ފައިނަލަކީ މާޒިޔާ އަށް ވަރަށް މުހިންމު މެޗެކެވެ. އެހެންކަމުން ބޭނުން ވަނީ ދަނޑު މަތިން މޮޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވާން ކަމަށެވެ.

މީގެ އިތުރުން އިވާން ވަނީ މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން އަނިޔާގައި ތިބި ބައެއް ކުޅުންތެރިންގެ އަޕްޑޭޓު ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ސަމޫހު އަލީ (ސަމުއްޓޭ) މިހާރު ކޮންމެ ވެސް ވަރަކަށް ރަނގަޅުވެފައިވާ ކަމަށާއި، ހޯމަ ދުވަހު ކުރިއަށްގެންދާނީ އޭނާގެ އެންމެ ފަހު ޓެސްޓުތައް ކަމަށް އިވާން ބުންޏެވެ. ނަމަވެސް އަލީ ފާސިރު (ސެންޓޭ) އަދިވެސް އަނިޔާ އިން މުޅިން ރަނގަޅު ނުވާ ކަމަށާއި އެޓީމަށް ކުޅެމުން އަންނަ ސާބިއާގެ ސްޓަރައިކަރު ސްޓެފަން މިހައިލޮވިޗް ވެސް އަމިއްލަ ކަމެއްގެ ތެރޭގައި އުޅޭ ކަމަށެވެ. އޭނާ ބުނީ މާޒިޔާގެ އެހެން ކުޅުންތެރިން ތިބީ ފައިނަލް މެޗަށް ފިޓުކޮށް ކަމަށެވެ.

ފައިނަލްގައި ފޭވަރިޓުންގެ ގޮތުގައި ބައެއް ފަރާތްތަކުން މާޒިޔާ ދެކޭތީ، އެކަމާ ގުޅިގެން ސުވާލު ކުރުމުން އިވާން ބުނީ، ފައިނަލް މެޗެއްގައި ފޭވަރިޓުން ނުތިބޭނެ ކަމަށެވެ. ސަބަބަކީ އެއީ އެންމެ މެޗަކަށްވުން ކަމަށާއި، ކޮންމެ ޓީމެއްގައި ވެސް ކާމިޔާބަށް ވާސިލްވެވޭނެ ގޮތްތަކެއް ހުރުން ކަމަށެވެ. އެހެންކަމުން އިވާން ދެކޭ ގޮތުގައި މާޒިޔާ އަކީ ފައިނަލް މެޗުގެ ފޭވަރިޓުންނެއް ނޫނެވެ. އޭނާ ބުނީ އިދިކޮޅަށް ކުޅެން އޮތް އީގަލްސް ޓީމަށް ފުރިހަމަ އަށް އިހުތިރާމް ކުރާ ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު މާޒިޔާ އަށް އުނދަގޫވާނެކަން ވެސް އިނގޭ ކަމަށެވެ.

މިއީ މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކުޅޭނެ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެ ކުލަބުން ވަނީ 2015، 2017 އަދި 2022ގެ ފައިނަލްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން މާޒިޔާއިން ޗެމްޕިއަންކަން ހޯދީ 2015 ވަނަ އަހަރުއެވެ. މިއަހަރުގެ މުބާރާތުގައި މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެެޗުން މޮޅުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ. މާޒިޔާ ބަލިވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު