Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ސެރީނާ ފައިނަލަށް ދަތުރުކުރީ ބޮރީނީ ބަލިކޮށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 27 ޖެނުއަރީ 2017 | ހުކުރު 21:47
ސެރީނާ ވިލިއަމް (ވ) އަދި އޭނާގެ ދައްތަ ވީނަސް ވިލިއަމް (ކ)

ސެރީނާ ވިލިއަމް (ވ) އަދި އޭނާގެ ދައްތަ ވީނަސް ވިލިއަމް (ކ)

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި، ސެރީނާ ވިލިއަމްސް އޭނާގެ ދައްތަ ވީނަސް ވިލިއަމްސްއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެމެރިކާއަށް އުފަން ސެރީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގައި ޖަރުމަނަށް އުފަން ލުޗިޗް ބޮރީނީގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތަށް ސެރީނާ ގެންދިޔައީ، 2-6 އަދި 1-6 ގެ ނަތީޖާއަކުންނެވެ.

ސެރީނާގެ ދައްތަ ވީނަސް ފައިނަލަށް ދަތުރުކުރީ، އެމެރިކާއަށް އުފަން ކޮކޯ ވެންޑެވެގްގެ މައްޗަށް 1-2 ސެޓުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 6-7 ގެ ނަތީޖާއަކުން ގެންދިޔައީ، ވެންޑެވެގް އެވެ. ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު، 2-6 އަދި 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ވީނަސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއީ 2009 ވަނަ އަހަރަށްފަހު، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް، ވީނަސްއަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ.

މާދަމާ ކުޅޭ ފައިނަލް މެޗު ވެގެންދާނީ، 2009 ވަނަ އަހަރަށް ފަހު، ސެރީނާ އާއި ވީނަސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލެއްގައި، ބައްދަލުކުރާ ފުރަތަމަ ފަހަރަށެވެ.

މި ދެ ކުޅުންތެރިން އެންމެފަހުން، ފައިނަލްގައި ބައްދަލުކުރި ގްރޭންޑް ސްލޭމް މުބާރާތަކީ ވިމްބަލްޑަންއެވެ. އެފަހަރު ވީނަސް ބަލިކޮށް މުބާރާތް ކާމިޔާބުކުރީ، ސެރީނާއެވެ.

އިތުރަށް ކިޔާލަން

05 މެއި 2018

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރާނީ ތިމަރަފުށި އަދި ފޯކައިދޫ

05 މެއި 2018
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރާނީ ތިމަރަފުށި އަދި ފޯކައިދޫ
03 މެއި 2018

ޗެމްޕިއަންސް ލީގު: ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް

03 މެއި 2018
ޗެމްޕިއަންސް ލީގު: ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް
08 ޑިސެމްބަރު 2017

ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ދެބެއިންނަށް ރިހި މެޑަލް

08 ޑިސެމްބަރު 2017
ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ދެބެއިންނަށް ރިހި މެޑަލް
27 ސެޕްޓެމްބަރު 2017

ވީއޭއެމް އެސޯސިއޭޝަން ކަޕް: ފައިނަލްގައި ބައްދަލުކުރާނީ މޯލްޑިވިއަން އަދި ސީލައިފް

27 ސެޕްޓެމްބަރު 2017
ވީއޭއެމް އެސޯސިއޭޝަން ކަޕް: ފައިނަލްގައި ބައްދަލުކުރާނީ މޯލްޑިވިއަން އަދި ސީލައިފް
18 ސެޕްޓެމްބަރު 2017

ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް

18 ސެޕްޓެމްބަރު 2017
ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު