Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

އިމިގްރޭޝަނަކީ އެންމެ ފަހުގެ ޗެމްޕިއަނުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 26 ފެބުރުއަރީ 2017 | އާދީއްތަ 10:45
ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ކަސްޓަމްސް ޓީމް

ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ކަސްޓަމްސް ޓީމް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަރ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލަށް ކަސްޓަމްސް ރެކްރިއޭޝަން ދަތުރުކޮށްފި އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ކަސްޓަމްސްގެ ޓީމު ދަތުރުކޮށްފައިވާ އިރު، އެޓީމާއި ދެކޮޅަށް ފައިނަލްގައި ނުކުންނާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެވެ.

ޖުމްލަ 4 ޓީމު ވާދަކުރި މި ޑިވިޝަންގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:45 ގައެވެ.

މުބާރާތުގައި ވެސް އެންމެ ވަރުގަދަކޮށް ފެނުނު ކަސްޓަމްސްގެ އަންހެން ޓީމު ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އެޓީމާއި ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަން އެވެ.

މި ދެޓީމު ކުޅުންތެރިންނަށް ބަލާއިރު، މި ކުޅުންތެރިންނަކީ މިހާރު ގިނަ ކުޅިވަރުތަކެއްގައި އެންމެ ޓޮޕް ލެވެލްގައި ކުޅެމުން އަންނަ ކުޅުންތެރިންކަން ފާހަގަކޮށްލެވެ އެވެ.

މި ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 21:45 ގައެވެ.

މި މުބާރާތުގެ އިތުރުން ވެސް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ ގިނަ މުބާރާތްތަކެއް މި އަހަރު ކުރިއަށްގެންދިއުމަށް ނިންމައި ކަލަންޑަރުގައި ހިމަނާފަ އެވެ. އެގޮތުން މިއަހަރު އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ ދެ ޑިވިޝަނުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިކްސް ނެޓްބޯޅަ މުބާރާތެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ދަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ސްކޫލްތަކަށް އަމާޒުކޮށްގެން ޔޫތު ޑިވޮލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު