Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

ފުރަތަމަ މެޗަށް ކެތްމަދުވެފައިވާ ކަމަށް ބުނި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 02:32
ވިކްޓަރީގެ ކޯޗުކަމަށް ސުޒޭން ހަމަ ޖެއްސުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވިކްޓަރީގެ ކޯޗުކަމަށް ސުޒޭން ހަމަ ޖެއްސުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވަރުގަދަ ސްކޮޑަކާއެކު މި ސީޒަނަށް ކުރިމަތިލާފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ގްރީން ސްޓްރީޓާއި ދެކޮޅަށް ނުކުންނަ އިރު، މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން ކަމަށް އެކުލަބުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ދިވެހި ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާާ ވިކްޓަރީ ސްޕޯޓްސް ކްލަބު ފާއިތުވި ފަސް ވަރަކަށް އަހަރު ދުވަހު ފެނިފައިވަނީ ވަރަށް ދަށްކޮށެވެ. ނަމަވެސް މިއަހަރު ކްލަބުގެ މެނޭޖްމަންޓާއި ޙަވާލުވި ފަރާތްތަކުން ވަނީ ޓީމުގެ ސްކޮޑް ވަރުގަދަކޮށް ކުރިން އެކްލަބުން ހޯދާފައިވާ ކާމިޔާބީތައް ތަކުރާރު ކުރުމަށް މިސްރާބު ހިފާފައެވެ.

މިފަހަރުގެ ސީނަށް ވިކްޓަރީގެ ސްކޮޑް ވަރުގަދަކޮށް މުބާރާތުގައި ވާދަކުރުމަށް ނުކުތީ، މިދިޔަ ސީޒަނުގައި ބީޖީ ސްޕޯޓްސް ކްލަބު ގޮވައިގެން މަސައްކަތްކުރި މުހައްމަދު ޝާޒްލީ އާއެކުއެވެ. ނަމަވެސް މި މަހު 15 ވަނަ ދުވަހު ވިކްޓަރީ ކޯޗުކަމުން މުހައްމަދު ޝާޒްލީ (ޝާޒް) ވަކިކޮށް ސުޒޭނާ އެ ޓީމު ހަވާލުކުރިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭ ގޮތުން ސުޒޭން ބުނީ "ފުރަތަމަ މެޗަށް ކެތް މަދުވެފައި" ވާ ކަމަށެވެ.

ސުޒޭން ބުނީ ގްރީން ސްޓްރީޓަކީ ދެ ވަނަ ޑިވިޝަނުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކުމަށްފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެގެން އައި ޓީމެއް ކަމަށެވެ.

ގްރީން ސްޓްރީޓުގައި ކޯޗަކީ (ސޮބާ) ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށާއި އެކި ލެވެލްގައި ކުޅެ އެކި ލެވެލްގައި ކޯޗިންގައި މަސައްކަތް ކޮށްފައި ހުރުމުންވެސް މި މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗަކީ ސޮބާގެ ކޯޗިން ކެރިއާގައި ޚާއްޞަ މެޗެކެވެ. މިމެޗަކީ ފުރަތަމަ ޑިވިޝަނަށް މުޅިން އާޓީމަކަށް ސޮބާ އިރުޝާދު ދޭ ފުރަތަމަ މެވެ.

ސޮބާ ވަނީ މީގެ ކުރިންވެސް ސުޒޭނާއި ދެކޮޅަށް ނުކުމެފައެވެ. އެގޮތުން ސޮބާގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ނިއުރޭޑިއަންޓުން ވަނީ މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު މާޒިޔާ މޮޅުވީ 3-1 އިންނެވެ.

ވިކްޓަރީގެ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް ގިނަ ކާމިޔާބީތަކެއް އެކުލަބަށް ހޯދައިދީފައިވާ ސުޒޭން، އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު އަލުން އެކުލަބު ގޮވައިން ހޮނިހިރު ދުވަހުގެ ރޭ ނުކުންނައިރު، އޭނާ ބުނި ގޮތުގައި ފުރަތަމަ މެޗަށް ނުކުންނައިރު އެންމެ އެކަށޭނެ ވަގުތު ނުލިބުނަސް ހިތްހަމަ ޖެހެއެވެ.

ގުރީން ސުޓްރީޓަކީ ގިނަ ދުވަހު އެއް ކޯޗަކާ އެއްކޮށް މަސައްކަތްކޮށްފައި އޮތް ޓީމަކަށް ވުމާއެކު ވިކްޓްރީން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް ސުޒޭން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު