Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ރާއްޖެއަށް ލިބުނު ސަރަޙައްދުގައި އިޤްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ސަރުކާރުން ބަލާނެ: ފައްޔާޒު

އެ ތަނުގައި އިޤްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ސަރުކާރުން ބަލާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އެޕްރީލު 2023 | ހޮނިހިރު 10:44
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި، ރާއްޖެއަށް ބައެއް ލިބޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމުމާ ގުޅިގެން، ރާއްޖެއަށް ލިބުނު ސަރަޙައްދުގައި އިޤްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ސަރުކާރުން ބަލާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވީ ހުކުރު ދުވަހުގެރޭ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ، އެ ތަނުގައި އިޤްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ސަރުކާރުން ބަލާނެ ކަމަށެވެ. އެގޮތުން އަލަށް ލިބިފައިވާ ސަރަޙައްދުގެ ކަނޑުގެ އަޑީގައި މައުދަން ހުރިކަމުގައިވާނަމަ، ހޯދުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ކަނޑައެޅިފައި އޮތީ އުތުރުގައިކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ، އެހެން ވުމުގެ ސަބަބުން ދެކުނުގައި 24 މޭލާ ހިސާބަށް، މިއަދާ ހިސާބަށް ކޮންމެ ގައުމަކުން އައިސް އެތަނުގައި ދާ ވެސް އެޅޭ ކަމަށެވެ.

އެކަމުގައި އޭރު ރާއްޖެއަށް ކުރެވޭނެ ކަމެއް ނެތްކަމުގައިވީނަމަވެސް، މިހާރު ރާއްޖޭގެ ހުއްދަ ބޭނުންވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ނިމުމާގުޅިގެން، މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތާނގައި ވަކިވަކި މިނިސްޓްރީތަކުން ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުން ކެބިނެޓުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން ދިވެހިރާއްޖޭގެ ދެކުނުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަލަށް ކަނޑައެޅުމާ ގުޅިގެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ސަރަހައްދު ބެލެހެއްޓެވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، އެ ސަރަހައްދު ބެލެހެއްޓޭނެ ގޮތްތައް ގާއިމުކުރެއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޑިފެންސްއިން ކުރެއްވުމަށާއި، އިގްތިސާދީގޮތުން އެ ސަރަހައްދުގެ މަންފާ ރާއްޖެއަށް ހޯދުމަށްޓަކައި އެ ސަރަހައްދުގެ ބޭނުންހިފޭނެ ގޮތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ބައްލަވައި، އެ ކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މިނިސްޓްރީތަކަށް އިރުޝާދު ދެއްވާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު