Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާގޯސް

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސް އަށް ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

އިނގިރޭސި ބޮޑުވަޒީރު ކީ ސްޓާމަރ، މޮރިޝަސް ސަރުކާރުގެ ވެރިންނާއެކު ވާޗުއަލް ކޮށް ބޭއްވޭ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވޭ

ރާއްޖެ އެމްވީ | 22 މެއި 2025 | ބުރާސްފަތި 10:15
 ޗާގޯސް ގެ އަސްލު ވަޒަންވެރިން ކަމަށް ބުނާ ޗާގޯސިއަން ކޮމިއުނިޓީގެ މެމްބަރުން އިނގިރޭސިވިލާތުގެ ޕާލަމެންޓުން ބޭރުގައި ބެނާތަކާއި ޕްލެކާޑްތަކާއެކު، ޗަގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރަނީ -

އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސް އަށް ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރު ވަމުންދާ ކަމަށާއި، އަދި އެއާ އެކު އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ ގައި އޮތް އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒުގެ މުސްތަޤްބަލު ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުރާސްފަތި ދުވަހު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ތަފްސީލު ފުރަތަމަ އިޢުލާނު ކުރެވުނީ އޮކްޓޯބަރު މަހުގައެވެ. މޮރިޝަސް އަށް ޗާގޯސްގެ ސިޔާސަތީ ބާރު ހަވާލު ކުރެވޭނީ އެ ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ ގައި ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތައް އިނގިރޭސިވިލާތައް ކުއްޔަށް ދީފައި އޮތް އޮތުމަށް އަސަރެއް ނުކުރާ ގޮތައް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ކީ ސްޓާމަރ، މޮރިޝަސް ސަރުކާރުގެ ވެރިންނާއެކު ވާޗުއަލް ކޮށް ބޭއްވޭ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މޮރިޝަސް އަށް އިނގިރޭސިވިލާތުން 1965 ވަނަ އަހަރު މިނިވަންކަން ދިން އިރު ޗާގޯސް އޮތީ މޮރިޝަސް އިން ވަކި ކޮށްފައެވެ. އަދި އެއާއެކު ޗާގޯސް ހިމެނޭ ގޮތުން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެއްދިއެވެ.

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރި ނަމަވެސް އިނގިރޭސިންގެ އަސްކަރީ މަރުކަޒު މިހާރު އޮތް ގޮތައް ދެމެހެއްޓުމަށް ހެދި ޑީލުގެ އަގަކީ ކިހާވަރެއްކަން ހާމަ ކޮށްފައި ނުވި ނަވަމެސް މީޑިއާ ރިޕޯޓުތަކުގައި ބުނާ ގޮތުގައި މި ޑީލުގެ ދަށުން އިނގިރޭސިވިލާތުން 9 ބިލިއަން ޕައުންޑް މޮރިޝަސަސް އަށް ދައްކަން ޖެހޭނެ އެވެ.

ނޮވެމްބަރު މަހު މަޤާމާ ހަވާލުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޮޝިންގްޓަންގައި ސްޓާމަރ އާ ބައްދަލު ކުރެއްވުމަށް ފަހު އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު ހަދާ ޑީލް އަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ފެބްރުއަރީ މަހު ވިދާޅުވެފައެވެ. ޓްރަމްޕްގެ ކުރިން ހުންނެވި ރައީސް ޖޯ ބައިޑަންވެސް މި އެއްބަސްވުމަށް ތާއީދު ކުރައްވާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

01 ޖުލައި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު