Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް މައްސަލަ

އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް އޭރުވެސް ވާހަކައެއް ނުދެކެވޭ - ޝާހިދު

ޗާގޯސް ވާހަކައަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑު ފިތުނައެއް އުފައްދަންވެގެން ސިޔާސީ ގޮތުން އެބޭފުޅުން ކުޅުއްވި ބޮޑު ކުޅިގަނޑެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 05:58
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އިނގިރޭސީން އަތުން ރާއްޖެ މިނިވަންވެގެންވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރުވެސް އަދި ރާއްޖޭގެ އެއްވެސް ވެރިއަކު ރަސްމީކޮށް އެކަމާއި ގުޅޭ ވާހަކައެއް ދައްކާފައި ނުވާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ޗާގޯސް ވާހަކައަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑު ފިތުނައެއް އުފައްދަންވެގެން ސިޔާސީ ގޮތުން އެބޭފުޅުން ކުޅުއްވި ބޮޑު ކުޅިގަނޑެއް ކަމަށެވެ. ދިވެހިރާއްޖޭގެ ދަރުމަންތަ ރަސްގެފާނު ރަސްކަން ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އެންމެ މަތީ ވެރިކަމުގައި ޑރ. މުޢިއްޒަކީ ސަތޭކަ ދެވަނަ ބޭފުޅާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ރާއްޖެ އިސްލާމް ވީއްސުރެ މިއަދާ ހަމަޔަށް އެ ދެބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅަކުވެސް ވެރިކަމުގައި ހުންނަވައި ޗާގޯސް އަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި މިއީ ތާރީޚު ޙަޤީޤަތް ކަމަށެވެ. ނުވަވަނަ ޙަސަން ރަސްގެފާނުގެ ވާހަކައަށް އިޝާރަތްކުރައްވާ ޝާހިދު ވިދާޅުވީ ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމްދީން ދޫކުރައްވައި ކްރިސްޓިންދީނަށް ބަދަލުވެގެން ވަޑައިގެން ގޮވާގައި ހުންނަވައި ލިޔުއްވި ލިޔުއްވުމެއްގައި އެހެން ލިޔުއްވާފައި އޮންނަ ވާހަކައަށް ބައެއް ބޭފުޅުން އެބަ ރިޢާޔަތް ކުރައްވާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރެއްގެ ދިވެހި ވެރިޔަކު ދުވަހަކުވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ވަފުދެއް ރާއްޖެ އައިސް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރުންތަކެއްގައި، އެ ބައްދަލުކުރުންތަކުގެ މިނިޓްސް މިހާރުވެސް ފޮރިން މިނިސްޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބަނޑާރަނައިބު އޮފީހުގައި ހުންނާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އޭނާއަކީ އެއިރު ޖޫނިއަރ ފޮރިން ސަރވިސް އޮފިސަރެއް ކަމަށެވެ. އަދި އެ ލިޔެކިޔުންތަކުން ފެންނަން ހުރި ގޮތުގައި ދެކެވެފައި އޮތް ވާހަކައިގެ އެއްބަސްވެފައި އޮތީ ދިވެހިރާއްޖެއާއި ޗާގޯސްއާ ދޭތެރޭ އިން ފުށުއަރާތީ ބައި ޤާއިމު އުސޫލުތަކާ އެއްގޮތް ވާ ގޮތުގެ މަތީން އެ ތަނުގައި ދެބައި ހަމަވާ ގޮތަށް އިން ބަހައިލުމުގެ ވާހަކަ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އެއަށް އެއްބަސްވެ، އެހެންނަމަވެސް ދިވެހިރާއްޖެއިން އެއްބަސްވަޑައި އޮންނަނީ ލޯ އޮފް ދަ ސީ ކޮންވެންޝަނުގައި ދިވެހިރާއްޖެ ބައިވެރިވުމަށް ފަހު ހަދަން ޖެހޭ ގާނޫނުތައް ހަދާފައި އޭގެ ތެރެއިން ކަންތައް ކުރިއަށް ގެންދިއުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޗާގޯސްގެ ވާހަކަ ދައްކަނީ ގަސްދުގައި އިތުރުފުޅު ހައްދަވާ އޮޅުވާލަން ކަމަށެވެ. ނަމަވެސް ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް 2010 ވަނަ އަހަރުވެސް ދެކެވަޑައިގެން ނަމަ އެއިރުވެސް ޗާޓް ހުށަހެޅުއްވި އިރު ޗާގޯސް ހިމަނާފައި ފޮނުވޭނެ ކަމަށާއި، ނަމަވެސް ފޮނުވީ އައްޑޫއިން ފެށިގެން 200 މޭލު ހިމެނޭ ގޮތަށް ކަމަށެވެ.

ޗާގޯސް މައްސަލަކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު،

ކޮމެންޓް

އިތުރަށް ކިޔާލަން

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
މި ސަރުކާރުގެ ވެރިން ގައުމުތަކަށް ގޮސް ރީތިކޮށް ވާހަކަދެއްކިޔަސް، އެމީހުންނަކީ އެތެރެ ގޯސް، ހަސީލަތް ނުބައި އިތުބާރު ނުކުރެވޭ ބައެއްކަމަށް ގައުމުތަކުން ދެކޭ - ޝާހިދު

މި ސަރުކާރުގެ ވެރިން ގައުމުތަކަށް ގޮސް ރީތިކޮށް ވާހަކަދެއްކިޔަސް، އެމީހުންނަކީ އެތެރެ ގޯސް، ހަސީލަތް ނުބައި އިތުބާރު ނުކުރެވޭ ބައެއްކަމަށް ގައުމުތަކުން ދެކޭ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރު - ފައްޔާޒު

ޗާގޯސް ހޯދަން ހަނގުރާމައަށް ދާން ތައްޔާރު - ފައްޔާޒު

12 ޖެނުއަރީ 2024
ޗާގޯސް މައްސަލައިގައި ޕީޕީއެމްއިން ނަޝީދާ ބައްދަލުކޮށްފި

ޗާގޯސް މައްސަލައިގައި ޕީޕީއެމްއިން ނަޝީދާ ބައްދަލުކޮށްފި

08 މެއި 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު