Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް

ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ބާރުވެރިކުރުމުގެ މަޝްރޫޢުގެ ކަންކަން ހިނގާފައިވަނީ ރަނގަޅަށް - އޮޑިޓް

28 އެޕްރީލު 2023 | ހުކުރު 11:10

ގްރާންޓުގެ ދަށުން ފޯރުކޮށްދޭ ފައިސާ ބޭނުންކޮށްފައިވަނީ އެ ފައިސާ އެކަމަށް ބޭނުންވާ ކަންކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އެޕްރީލު 2023 | ހުކުރު 11:10
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ބާރުވެރިކުރުމުގެ މަޝްރޫޢުގެ ކަންކަން ހިނގާފައިވަނީ ރަނގަޅަށް އިންސާފުވެރިކަމާއެކު ދެފުށްފެންނަ ގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި، 1 ޖެނުއަރީ 2022ން 17 ނޮވެމްބަރު 2022ށް އަށް ލިބުނު ފައިސާއާއި، އޭރު ނިމުނު އަހަރުގެ ކޭޝް ބެލެންސްތައް، އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑާ އެއްގޮތަށް، އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ގްރާންޓުގެ ދަށުން ފޯރުކޮށްދޭ ފައިސާ ބޭނުންކޮށްފައިވަނީ އެ ފައިސާ އެކަމަށް ބޭނުންވާ ކަންކަމަށް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2022ން 17 ނޮވެމްބަރު 2022 ގެ ނިޔަލަށް ސްޕެޝަލް އެކައުންޓްގެ މުއާމަލާތްތަކާއި އޭގެ ބާކީ ފައިސާ ނޮވެމްބަރު 2022 ގެ މާލީ ބަޔާނުގައި ހުށަހަޅާފައިވަނީ ޙަޤީޤަތާ އެއްގޮތަށް އިންސާފުވެރިކަމާއެކު، އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑާއި ފައިނޭންޝަލް ރިޕޯޓިންގ އާއި އެއްގޮތަށް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

އަދި އެކައުންޓިންގގެ ކޭޝް-ބޭސިސްގެ ދަށުން، އަދި 17 ނޮވެމްބަރ 2022 ގެ ނިޔަލަށް ލިބިފައިވާ ފައިސާއާއި ފައިސާ ދެއްކުމުގެ ބަޔާނުގައި ހިމަނާފައިވާ ފައިސާގެ ބެލެންސް ދައްކުވައިދެނީ ޚާއްޞަ އެކައުންޓާ އެއްގޮތްވާ ފައިސާގެ ބެލެންސާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބޭންކަށް ފޯރުކޮށްދޭ ފައިނޭންޝަލް މޮނިޓަރިން ރިޕޯޓްތަކަށް ގްރާންޓް އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ފައިސާ ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެހީތެރިވުމަށް އިންސާފުވެރިކަމާއެކު ބަރޯސާވެވޭނެ ކަމަށާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އަށް ކުރާ ދައުވާތަކަށް ތާއީދުކުރުމަށް އެކަށީގެންވާ ސަޕޯޓިން ޑޮކިއުމަންޓޭޝަންތައް ބެލެހެއްޓިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކޮށްފައިވާ ހަރަދުތައް އަނބުރާ ދެއްކުމަށާއި، ގްރާންޓް އެގްރީމަންޓްގެ ދަށުން ފައިނޭންސިންގ އަށް ޝަރުތު ހަމަވާ ހަރަދުތަކަކީ ކޮބައިކަން އެނގޭކަމަށް ބުނެފައިވެއެވެ.

އޮޑިޓްގައި ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން މުދަލާއި ހިދުމަތް ހޯދުމުގައި ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ތަބާވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ޑިޕްލޮމާ ކޯހެއް ފަށަނީ

09 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ޑިޕްލޮމާ ކޯހެއް ފަށަނީ
26 ސެޕްޓެމްބަރު 2017

އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި

26 ސެޕްޓެމްބަރު 2017
އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި
08 ސެޕްޓެމްބަރު 2017

ސައިކަލް ޕާކިން ސިސްޓަމްގެ މަސައްކަތް ނިމިއްޖެ

08 ސެޕްޓެމްބަރު 2017
ސައިކަލް ޕާކިން ސިސްޓަމްގެ މަސައްކަތް ނިމިއްޖެ
20 އޯގަސްޓު 2017

އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންނަށް ޕާކިން ސިސްޓަމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

20 އޯގަސްޓު 2017
އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންނަށް  ޕާކިން ސިސްޓަމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ
18 އޯގަސްޓު 2017

ދަރިވަރުން މަދު 44 ސްކޫލެއްގައި މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް ތަޢާރަފް ކޮށްފި

18 އޯގަސްޓު 2017
ދަރިވަރުން މަދު 44 ސްކޫލެއްގައި މަލްޓި ގްރޭޑް ޓީޗިން ސިސްޓަމް ތަޢާރަފް ކޮށްފި
11 އޯގަސްޓު 2017

ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

11 އޯގަސްޓު 2017
ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
04 އޯގަސްޓު 2017

ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި

04 އޯގަސްޓު 2017
ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި
13 ޖޫން 2017

އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް

13 ޖޫން 2017
އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް