Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމް

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގާ ބާރުވެރިކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޯގަސްޓު 2025 | ބުރާސްފަތި 04:53
ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކުރެއްވުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސިފަކުރައްވައިފިއެވެ.

ސިޓީސް މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ކައުންސިލަތަކުގެ ބާރުވެރިކަން ހަނިކޮށް ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލަން ގާނޫނަށް އިސްލާހެއް ގެނެސް މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގާ ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކްސްގައި އިތުރަށް ވިދާޅުވީ މީގެއިތުރުން، ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ ކަންކަން ކަމަށެވެ. އަދި ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލްގެ ޗެމްޕިއަނުންނަށް ވެވަޑައިގެންނަވާނެކަމަށް ވައުދުވެވަޑައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެން މި ސަރުކާރުން ވަނީ ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު މަޖިލީހުން ފާސްކޮށްފައެވެ. ޕީއެންސީގެ މެޖޯރިޓޯ އޮންނަ މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި މުވައްޒަފުން ނެގުމާއި، ބިމާއި ފަޅުން ބައެއް ކުއްޔަށް ދިނުމާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް އަންނާނެއެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

މި ބިލު ފާސްކުރުމާއެކު ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައިވާ ގޮތުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް އެ ބިލު ފާސްކުރުމާއެކު ދަތިތަކެއް ކުރިމަތިވާނެ އެވެ. އެ ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ރައީސް މުއިއްޒުއާދަމް ޝަރީފު އުމަރުލާމަރުކަޒީ ނިޒާމުކައުންސިލުތައްފިނޭންސް މިނިސްޓްރީސިޓީސް މިނިސްޓަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު