Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިނޭންސް މިނިސްޓްރީ

ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ހުސްވެއްޖެ: ފިނޭންސް މިނިސްޓްރީ

އަހަރުގެ ބާކީ 5 މަސް ދުވަސް އޮއްވަ ސަބްސިޑީއަށް ކުރި ބަޖެޓްގެ 99 އިންސައްތަ ހުސްވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 16:27
އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

އެސްޓިއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

ފިނޭސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ބާކީ 5 މަސް ދުވަސް އޮއްވައި، ސަބްސިޑީއަށް މިއަހަރު ބަޖެޓުކުރި ފައިސާއިން 99 އިންސައްތަ ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން ކޮންމެ ހަފްތާއަކު ހާމަ ކުރާ މާލީ ހިސާބުތަކުގެ ތަފްސީލަށް ބަލާލާއިރު މިއަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، ސަބްސިޑީއަށް 1،836.4 މިލިޔަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. މިއަހަރަށް މުޅި ޖުމްލަ ސަބްސިޑީއަށް ބަޖެޓް ކޮށްފައިވަނީ 1859.6 މިލިޔަން ރުފިޔާއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ހިސާބުތަކުން އެނގޭ ގޮތުގައި މި މަހުގެ ބާކީ ދުވަސްތަކާ އެކު އަހަރުގައި ބާކީ ގާތްގަނޑަކަށް ފަސް މަސް ދުވަސް އޮއްވައި އާސަންދައަށް ބަޖެޓުކުރި އަދަދުގެ ބޮޑުބައެއްވެސް ވަނީ ހުސްވެފައެވެ. އެގޮތުން، މި އަހަރު އާސަންދައަށް ބަޖެޓުކޮށްފައިވަނީ 1،859.6 މިލިއަން ރުފިޔާގެ ތެރެއިން، އޮގަސްޓު މަހުގު ހަތްވަނަ ދުވަހާ ހަމައަށް 1،169.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ އާސަންދަ ބަޖެޓުގެ 62.9 އިންސައްތަ އެވެ.

ރާއްޖޭގައި ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ ސަބްސިޑީ އަށް ބޮޑު ހަރަދެއް ކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި 2496 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކޮށްފައިވާ ހަރަދާ ބަލާއިރު 650 މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ސަރުކާރުން ސަބްސިޑީގެ ބަޖެޓް ކުޑަކުރީ، ސަބްސިޑީ ރިފޯމްކޮށް ހަމަ އެކަނި އެންމެ ބޭނުންވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ނަމުގައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަން ކުރެވިފައި ނުވުމުގެ ސަބަބުން ސަބްސިޑީ ބަޖެޓް ގާތްގަނޑަކަށް އެއްކޮށް ހުސްވީއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދަައުލަތުގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ 22.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ އާމްދަނީގެ ގޮތުގައި 23.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާފަ ބަޖެޓް އަރަނި ވިކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، ގިނަ ބަޔަކު ބުނަނީ މިީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ ވަރަށް ބޮޑު އޮޅުވާލުމެއް ކަމުގައެވެ. މިހާރުވެސް ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެތައް ބިލިޔަން ރުފިޔާއެއް އޮތުމަކީ މިބުނުމަށް ބާރު ލިބޭ އަލިގަދަ ހެއްކެއް ކަމުގައި ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

މީގެ އިތުރުން ރާއްޖެއަށް ދަރަނީގެ ބޮޑު ބިރުވެރިކަމެއް އޮތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ ފާހަގަ ކޮށްފައެވެ. ހިސާބުތަކުން ދިވެހި ދަހުލަތުގެ ހަރަދުތައް ކުޑަނުވެ ދަރަނި އިތުރުވެގެންދާތަން ފެންނަން އޮތަސް ސަރުކާރުން ބުނަމުން ދަނީ ދަރިނިތައް ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި

ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި

30 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު