Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރައްޔިތުންގެ މަޖިލިސް

ރަށްރަށުގައި ހުރި ފުޓްސަލް ދަނޑުތަކަކީ ކައުންސިލްގެ ތަންތަން: މަޚްލޫފް

ރަށްރަށުގައި ހުރި ދަނޑުތަކާއި، ކުޅިވަރު ކުޅޭ ތަންތަނަށް ހަދާނެ އެންމެ ރަނގަޅު ގޮތް އެނގޭނީ އެ ރަށުގެ ރައްޔިތުންނަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އެޕްރީލު 2023 | ބުރާސްފަތި 02:19
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފުޓްސަލް ދަނޑުތަކާއި، ކުޅިވަރު ކުޅޭނެ އެހެން ތަންތަނަކީ ވެސް އެ ރަށެއް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަކީ މާލޭ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ދަނޑުތައް ހުންނަނީ ކޮންމެ ވެސް ކުލަބަކަށް ހަވާލުކޮށްފައި ކަމަށެވެ. ހަމަ އެ އުސޫލުގެ ދަށުން ރަށްރަށުގައި ހުރި ފުޓްސަލް ދަނޑުތައް އެ ރަށެއް ކުލަބު ޖަމިއްޔާތަކާ ހަވާލު ނުކުރަންވީ ކީއްވެތޯ އެވެ. މޮސްޓާ ވިދާޅުވީ، ހުރިހަ ކުލަބު ޖަމިއްޔާތަކެއް ހުންނަނީ އެއް އިދާރާއެއްގެ ދަށުގައި ރަޖިސްޓްރީ ކުރެވިފައި ކަމަށާއި، އެހެންކަމުން ރަށްރަށުގެ އެ ފުރުސަތު ނޯވެ، މާލެ އަށް އެ ފުރުސަތު އޮންނަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ދަނޑެއް އެއްވެސް ރަށެއްގައި ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ ދަނޑުތަކަކީ އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށެވެ. އެގޮތުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މިނިސްޓްރީން ވާނީ ކައުންސިލްތަކަށް އެކަން އަންގާފައި ކަމަށާއި އޭގެ ތެރޭގައި ކުޅިވަރު ކުޅޭ ތަންތަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ވެސް އަންގާފައިވާނެ ކަމަށް މަޚްލޫފް ވިދާޅުވި އެވެ. ރަށްރަށުގައި ހުރި ދަނޑުތަކާއި، ކުޅިވަރު ކުޅޭ ތަންތަނަށް ހަދާނެ އެންމެ ރަނގަޅު ގޮތް އެނގޭނީ އެ ރަށުގެ ރައްޔިތުންނަށް ކަމަށާއި، އެކަމަކީ ޔޫތު މިނިސްޓްރީ އަށް އެނގޭނެ ކަންކަމެއް ނޫން ކަމަށް ފާހަގަ ކުރަައްވަމުން މަޚްލޫފް ވިދާޅުވީ، އެ ބާރު އޮންނާނީ ކައުންސިލްތަކުގެ އަތް މަތީގައި ކަމަށެވެ.

މީގެ ކުރިން ވެސް މަޚްލޫފް ވަނީ މަޖިލީހުގައި މި ވާހަކަ ދައްކަވައިފަ އެވެ. އޭރު މަޚްލޫފް ވިދާޅުވީ ރަށެއްގައި އަޅާފައި އޮންނަ ދަނޑެއްގެ ލައިޓް އަނދައިގެން މިނިސްޓަރު މަޖިލީހަށް ހާޟިރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މަޚްލޫފް ވިދާޅުވީ މިނިސްޓްރީން ލައިޓް ފޯރުކޮށްދެންދެން ދަނޑު ބޭނުން ނުކޮށް ބޭއްވުމަށްވުރެ، ރަށްރަށުގެ ކައުންސިލްތަކަށް ވެސް އެކަން ކޮށްލެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު