Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެރިޓީ ޝީލްޑް

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

ރަނގަޅު ކުޅުމެއް ވެލެންސިއާގެ ފަރާތުން ފެނިގެންދާނެ

ލީވާން އަލީ
ލީވާން އަލީ | 15 ފެބުރުއަރީ 2017 | ބުދަ 17:34
ވެލެންސިއާގެ ހެޑްކޯޗު ފެސްކޯ

ވެލެންސިއާގެ ހެޑްކޯޗު ފެސްކޯ

ޗެރިޓީ ޝިލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެންކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ބުރާސްފަތި ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެސްކޯ ބުނީ މެޗަށް ތައްޔާރުވާން ވެލެންސިއާއަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް ރަނގަޅު ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ފެސްކޯ ބުނީ ތިމްޕޫ މެޗުގައި ފެނިގެންދިޔަ ކަންތައްތައް ރަނގަޅުކުރަން އެދެވޭ ވަގުތެއް ލިބިފައިނުވާ ކަމަށާއި، މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ނިކުންނާނީ ނެގެން އޮތް ހަތިޔާރަކާއެކީ ކަމަށެވެ.

އޭއެފްސީ ކަޕްގައި ދައްކާ ކުޅުމާ ޗެރިޓީ މެޗެއްގައި ދައްކާ ކުޅުން ތަފާތުވާނެކަން ފާހަގަކުރަމުން ފެސްކޯ ބުނީ ވާދަވެރި ދެ މެޗު ކުޅެން ފުރުސަތު ލިބުމަކީ ޓީމަށް ލިބޭ އެޑްވާންޓޭޖެކޭ ވެސް ބުނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ނަތީޖާ ނެރެންޖެހޭ މެޗަކަށްވުމުން ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ މޮޅުވާނީ އެންމެ ރަނގަޅު ކުޅުން ދައްކާ ޓީމު ކަމަށެވެ.

ރާއްޖޭގައި ތިމްޕޫއާ ދެކޮޅަށް ވެލެންސިއާ ދެއްކި ކުޅުން ރަނގަޅުކަން ފާހަގަކުރަމުން ފެސްކޯ ބުނީ ޓީމަށް އިތުރު ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެހެންނަމަވެސް ކުޅުންތެރިޔަކަށް ދިމަވާ ކަމަކުން ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭއެފްސީ ކަޕްގައި ވެލެންސިއާ ވަނީ ތިމްޕޫ ސިޓީއާ ދެކޮޅަށް ދެ މެޗު ކުޅެފައެވެ. އޭގެ ތެރެއިން ކުޅުނު ފުރަތަމަ މެޗު ބޫޓާންގައި 0-0 ގެ ނަތީޖާއިން އެއްވަރުވިއިރު، ދެވަނަ މެޗު ރާއްޖޭގައި ކުޅެ 0-3 ގެ ނަތީޖާއިން ވެލެންސިއާ ވަނީ މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު