Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީ

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017 | ބުރާސްފަތި 17:43

މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު

ލީވާން އަލީ
ލީވާން އަލީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 17:43
އޭވީސީ ސެންޓްރަލް ޒޯންގެ ޕޯސްޓަރެއް

އޭވީސީ ސެންޓްރަލް ޒޯންގެ ޕޯސްޓަރެއް

ވިމެންސް ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޓޯނޮމެންޓްގައި ވާދަކުރާ ތިން ޓީމުންވެސް ބޭނުންވަނީ އެއްވަނަ ހޯދަންކަމަށް އެޓީމުތަކުގެ ކޯޗުން ބުނެފި އެވެ.

ހުކުރު ދުވަހު ފަށާ މި މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިރާނުގެ ގައުމީ އަންހެން ޓީމުގެ ކޯޗު މަޖްދާ ކިކިޗް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މުބާރާތަށް ހުރިހާ ޓީމެއްވެސް ނިކުންނާނީ ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށާއި، އެގޮތުން އިރާންވެސް ނިކުންނާނީ ހުރިހާ މެޗަކުން މޮޅުވުމަށް ކަމަށެވެ.

އިރާން ޓީމުގެ ކެޕްޓަން ޒައިނަބު ބުނީ މި މުބާރާތް ކުޅުމަށް ރައްޖެއަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ރާއްޖޭގެ ހުރިހާ ރައްޔަތުންނަކީވެސް މުސްލިމުންކަމުގައިވުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ނޭޕާލްގެ ކޯޗު ބުނީ މުބާރާތަށް އެޓީމުވެސް ނިކުންނާނީ ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދައްކަން ކަމަށާއި، ކޮންމެ މެޗަކަށްވެސް ނިކުންނާނީ މޮޅުވާން ކަމަށެވެ. އެގޮތުން ރަނގަޅު ނަތީޖާތަކެއް މެޗުތަކުން ނެރެވޭތޯ މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ޓީމު ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރާއްޖޭ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ މުބާރާތަށް ރާއްޖެވެސް ނިކުންނާނީ ހުރިހާ މެޗެއް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، ހުރިހާ ޓީމަކާ ދެކޮޅަށްވެސް ރަނގަޅު ފައިޓެއްދީ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރާއްޖޭ އަންހެން ޓީމުގެ ކެޕްޓަން އައިޝަތު ޝައްފަ ބުނީ މުބާރާތަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށާއި، ފާއިތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ކޮންމެ ދުވަހަކުވެސް ދެ ތަމްރީން ސެޝަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ މުބާރާތުގައި ރަނގަޅު ފައިޓެއް ރާއްޖޭ ޓީމުންވެސް ދޭނެ ކަމަށެވެ.

ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ނޭޕާލް، ދިވެހި ރާއްޖެ އަދި އީރާނެވެ. މި މުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ. މިމުބާރާތުގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލް އާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އީރާނެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
23 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި

23 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި
22 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް

22 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް