Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިސޯޓް ފުޓްސަލް

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

މިއަހަރު މުޅިން އަލަށް ދ.އަތޮޅު ވަނީ ބައިވެރިވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 2 އެޕްރީލު 2017 | އާދީއްތަ 11:08
މިދިޔަ އަހަރު ކުރިއަށްދިޔަ ރިސޯޓް ފުޓްސަލް ލީގުގެ ތެރެއިން

މިދިޔަ އަހަރު ކުރިއަށްދިޔަ ރިސޯޓް ފުޓްސަލް ލީގުގެ ތެރެއިން

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މި ހަފްތާގެ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

މި މުބާރާތުގެ ކުޅުން ބުދަ ދުވަހު ފަށާއިރު، އެންމެ ފުރަތަމަ ކުރިއަށްދާނީ ސައުތު މާލޭ ޒޯންގަ އެވެ. އެގޮތުން މި ޒޯންގެ މެޗުތައް ކުރިއަށްދާނީ ފިހާޅޮހި ރިސޯޓްގަ އެވެ. މުބާރާތުގެ މެޗުތައް ކުޅޭ އަނެއް ތިން ޒޯނަކީ ނޯތު މާލެ ޒޯން އާއި ސައުތު އަރި ޒޯން އަދި ދ. ޒޯނެވެ.

މިއަހަރުގެ މުބާރާތުގައި 26 ރިސޯޓަކުން ވާދަކުރާއިރު މުބާރާތުގެ މެޗުތައް ހަތަރު ޒޯންގައި ކުރިޔަށްދާނެ އެވެ.

ސައުތު މާލެ ޒޯންގައި ވާދަކުރާ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް "އޭ" ގައި ހިމެނެނީ ވެލައްސަރު މޯލްޑިވްސް އާއި އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާ އާއި ޖުމެއިރާ ވިޓަވެލި އަދި ފިހާޅޮހި އެވެ.

ގްރޫޕް "ބީ" ގައި ހިމެނެނީ ކޮމޯ ކޮކޯ އައިލެންޑާއި އަނަންތަރާ މޯލްޑިވްސް އާއި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އެވެ.

އެންމެ ގިނަ ޓީމުތައް ވާދަކުރާ ނޯތު މާލެ ޒޯންގައި ނުވަ ޓީމު ވާދަކުރާ އިރު ގްރޫޕް "އޭ" ގައި ހިމެނެނީ ކޮކޯ ބޮޑު ހިއްޗާއި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ އާއި ކުރުނބާ މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އަދި ވަންއެންއޮންލީ ރީތި ރަށެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ފޯސީޒަން ރިސޯޓް މޯލްޑިވްސް އެޓް ކުޑަކުރާ އަދި ޕާކުއަމް ހުވަފެންފުއްޓެވެ. މި ޒޯންގެ ކުޅުން ކުރިއަށްދާނީ ރީތިރަށުގަ އެވެ.

ނޯތު އަރި ޒޯންގައި ހަ ރިސޯޓް ވާދަކުރާއިރު ގްރޫޕް "އޭ" ގައި ހިމެނެނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ގްރޫޕް "ބީ" ގައި ހިމެނެނީ ލަކްސް ސައުތު އަރިއެޓޯލް އާއި އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. އެންމެ ފަހުން ކުޅުން ފެށުމަށް ހަމަޖެހިފައިވާ ސައުތު އަރި ޒޯންގެ މެޗުތައް ކުރިޔަށްދާނީ ކޮންރަޑްގަ އެވެ.

މިއަހަރު މުޅިން އަލަށް ބައިވެރިވެފައިވާ ޒޯނަކީ ދ.އަތޮޅު ޒޯނެވެ. އެގޮތުން ދ. ޒޯންގައި ބައިވެރިވެފައި ވަނީ ޕާކުއަމް ނިޔާމަ އާއި ޑި-އެސްޓީ. ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް އާއި އާވީ ނޭޗަސް ޕެރަޑައިސް އާއި ކަނޑިމާ މޯލްޑިވްސް އެވެ. މި ޒޯންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިޔާމައިގަ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު