Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހަރީސް ސޫޕް

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

މި ސޫޕަށް ޢަރަބީންގެ ތެރޭގައި ކިޔާ އުޅޭނީ ހަރީސް ނުވަތަ ހަރީސާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 10:36
ވަލީދު ތައްޔާރުކޮށްދޭ ސޫޕް ބަލާ، ކުދިބޮޑު އެތައް ބަޔަކު ސަފު ހަދާ

ވަލީދު ތައްޔާރުކޮށްދޭ ސޫޕް ބަލާ، ކުދިބޮޑު އެތައް ބަޔަކު ސަފު ހަދާ

ރަމަޟާން މަހަކީ އެ މަހެއްގައި ހެޔޮ ޢަމަލު ކުރުން ވީހާވެސް ގިނަ ކުރުމަށް މުސްލިމުން އަޚުންނާ އަޚުތުން، ގަދަ އަޅާ މަސައްކަތް ކުރާ މައްސަރެކެވެ. ބަރަކާތުން ފުރިގެންވާ މި މާތް މައްސަރުގައި، އެމީހަކަށް ވީ މިންވަރަކުން، އެނަކާއަށް ޞަދާޤާތް ކުރެވޭތޯ ބަލައެވެ. ރަމަޟާން މަހަކީ ދިރިއުޅުމުގެ އާދަތަކަށް ބޮޑު ބަދަލެއް އަންނަ މައްސަރަކަށް ވާ އިރު، އެކި މީހުންނަށް ޖެހޭ ބޭނުންތައްވެސް ތަފާތު ވާނެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް، ގިނަ ޢަދަދެއްގެ ބަޔަކަށް، އެއްވެސް އަގަކާ ނުލާ، ސޫޕު ބަހަމުން އެ ދަނީ ޢުމުރުން 59 އަހަރުގެ ވަލި އަލް-ޚައްޠާބުއެވެ. ހުރިހާ ކޮޅަކުން ފިއްތާލާފައިވާ ޣައްޒާގައި، މި ގޮތަށް ވަލީދު ސޫޕް ބަހާތާ މިހާރު 10 އަހަރުވެއްޖެއެވެ.

މި ސޫޕަށް ޢަރަބީންގެ ތެރޭގައި ކިޔާ އުޅޭނީ ހަރީސް ނުވަތަ ހަރީސާއެވެ. މި ސޫޕް ތައްޔާރު ކުރަނީ ރާޅުކޮށް މުގުރާފައި ހުންނަ ގޮދަނާ، ލޮނާއި އަސޭމިރުސް ފަދަ ހަވާލުގެ ބާވަތްތައް ބޭނުންކޮށްގެ މީރުކޮށްފައި ހުންނަ އެއްގަމު މަސް ބޭނުން ކޮށްގެންނެވެ. ހަރީސްއަކީއަކީ ޢަރަބި ދުނިޔޭގައި މަޤުބޫލު ސޫޕެކެވެ. ވަކިން ހާއްސަކޮށް، ފާރިސީ ގަލްފުގެ ޤައުމުތަކުގައި، ރަމަޟާން މަހާ ދިމާކޮށް، އެންމެ އާންމުވާ އެއް ކޭމަކީވެސް ހަރީސްއެވެ.

ވަލީދު ތައްޔާރުކޮށްދޭ ސޫޕް ބަލާ، ކުދިބޮޑު އެތައް ބަޔަކު ސަފު ހަދައެވެ. މަޣްރިބަށް ބަންގި ގޮވާ، ރޯދަ ވީއްލާ ގަޑި ޖެހެން ވާއިރަށް ސޫޕު ފޮދެއް ލިބޭތޯ، ޕްލާސްޓިކާއި އެލުމިނިއަމްއާ އެނޫންވެސް ޒާތެއްގެ ކަންވާރެއް ހިފައިގެން އެތައް ބަޔަކު ސަފަށް އަރައެވެ.

ސަފުގައި މަޑުކޮށްލައިގެން، ސޫޕު ފޮދަކަށް އިންތިޒާރު ކުރަމުން ދިޔަ އެކަކީ އައިމަން ދާހިރުއެވެ.

ރަމަޟާން މަހަކީ ޞަދަޤާތުގެ މައްސަރަކަށްވެސް ވާ އިރު، މި ދުވަސްވަރަށް ވަލީދު އިންތިޒާރު ކުރަނީ ހިތު ލޯތްބާއެކުގައެވެ. ރަމަޟާން މަހު، ވަލީދުގެ ބަދިގެއިން ހިލޭ ސާބަހަށް ސޫޕް ބަހަމުން ދަނީ، ބަލާ އަންނަ މީހާގެ މާލީ ތަނަވަސްކަމަށް ނުވަތަ އެނޫންވެސް ހައިސިއްޔަތަކަށް ބެލުމެއް ނެތި، ވަކި މީހަކު ތަފާތު ނުކޮށެވެ.

ހަރީސް ތައްޔާރު ކުރަނީ ކުރީ ރޭ ފެނުއަޅާފައި ހުންނަ ގޮދަނާ، އެއްގަމު މަހުގެ އިތުރުން ބަޓަރު ނުވަތަ ކަންބަޅި ބަކަރީގެ ނިގުލުން ނަގާ ސަރުބީ ފެނުކައްކައިގެންނެވެ. ކައްކާ ނިމޭއިރު ބާކީ ހުންނަ ފެންގަނޑު އުކާލައެވެ. އަދި ބާކީ އޮންނަ ބައި ޗަސްކޮށް، ރަހަ ހެޔޮވަރު ކުރެއެވެ. ތަށިތަށީގައި ހަރީސް ސަރވް ކުރާއިރު، ފޮނިތޮށި، ހަކުރު ނުވަތަ ބަޓަރު ފަށަލައެއް ސޫޕުގެ މައްޗަށް އަޅާފައިވެސް ހުރެއެވެ.

ސޫޕްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު