Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ކޮވިޑް ކޭސްތަކުގެ އަދަދު ގިނަވެއްޖެ؛ 16 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މިއީ ފާއިތުވެދިޔަ ގިނަ މަސްތަކަކަށްފަހު ކޮވިޑް މިހާ ބޮޑަށް ގިނަވި ފުރަތަމަ ފަހަރު

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 11:44
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަރަށް ދަށެވެ. އެހެން ނަމަވެސް، އެތައް މަހަކަށްފަހު, ނިމިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗް 26ން އޭޕްރީލް 1ށް 39 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.

Advertisement - newsAdvertisement

އެއީ މާލޭ ސަރަހައްދުން ރެކޯޑް ކުރެވިފައިވާ 29 ކޭހާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ރެކޯޑް ކުރެވިފައިވާ 10 ކޭހެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 16 މީހަކަށް މިހާރުވެސް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއީ ފާއިތުވެދިޔަ ހަފުތާގެ ކުރީ ހަފްތާއަށްވުރެ މާ ބޮޑު އަދަދެކެވެ. އެގޮތުން، 19 މާރިޗުން 25 މާރިޗަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ ދެ މީހުންނަށެވެ. ފާއިތުވެދިޔަ ގިނަ މަސްތަކުގައި އެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ރާއްޖެއިން މިހާތަނަށް 185،810 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 311 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޑެންގީ ހުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު