Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއާދުގެ ހުކުމް

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

ނާޒިމްގެ މައްސަލައާ ހިސާބުން އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން ހާމަވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 14:45
ފުއާދު ތައުފީގް މިދިޔަ ފެބްރުއަރީ މަހު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގެ ތެރެއިން

ފުއާދު ތައުފީގް މިދިޔަ ފެބްރުއަރީ މަހު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގެ ތެރެއިން

އެއްވެސް މީހަކަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް ކަމަށާއި އެހެންކަމުން ހުކުމުގެ މުއްދަތު ހަމަވިޔަސް ރައްކާތެރިކަން ލިބޭނެކަމުގެ އިހުސާސެއް ނުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ނުވަތަ އެ ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައެއްގައި ފުއާދުގެ މައްޗަށް އިއްވި ހުކުމް ހުކުމް ތަންފީޒްކޮށް ނިމުމާ ގުޅިގެން ސްރީލަންކާގައި ހުންނަވައިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ ހުކުމް ތަންފީޒްކޮށް ނިމުނު ނަމަވެސް، އަމިއްލަ ރައްކާތެރިކަމާ މެދު އިތުބާރެއް ނެތް ކަމަށެވެ.

ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީ އެވެ.

އެގޮތުން ފުއާދުގެ މައްޗަށް އިއްވި ހުކުމް ތަންފީޒްކޮށް ނިމިފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. އެ ހުކުމް އިއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ފުއާދު ވަނީ ލަންކާ އަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފަ އެވެ.

ފުއާދު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައިގައި ކަންތައްތައް ހިނގައިދިޔަ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، އެނބުރި ރާއްޖެ އަންނަ ތަނުން އޭނާ އަށް ވެސް އެފަދަ ކަމެއް ކުރިމަތިވެދާނެތީ ރާއްޖެ އަންނަން ބިރު ގަންނަ ކަމަށެވެ.

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.

ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު