Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްވަންއެންވަން

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

އިންފްލުއެންޒާ އަށް 460 މީހުން ޓެސްޓް ކުރެވިފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 16:48
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އިތުރު 14 މީހަކު އެޗްވަންއެންވަން އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 460 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 169 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. އެޗްޕީއޭ އިން އަންގާރަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިންފްލުކުއެންޒާ އެޗްވަންއެންވަން އަށް 437 މީހުން ވަނީ ޓެސްޓް ކުރެވިފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މި ބަލީގައި 33 މީހުން ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުންމި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 470 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 272 މީހުން، އޭޑީކޭ އިން 104 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 867 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެގޮތުން މުޅި ޖުމްލަ 1337 މީހުންވަނީ މުޅި ރާއްޖެއިން ފްލޫ ކްލިނިކް ތަކަށް ދައްކާފަ އެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުން ޑޮކްޓަރަށް ދައްކާމީހުންގެ އަދަދު އަދީ އެއްދުވަހުން އަނެއްދުވަހަށް ދައްކަވަމުންނެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައިވަނީ، މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޯމަ ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ރ އަތޮޅާއި ލ އަތޮޅެ އެވެ. އެގޮތުން ރ އަތޮޅުގެ ފްލޫ ކްލިނިކަށް 89 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ލ އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 81 މީހުންނެވެ. މީގެ އިތުރުން ތ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 64 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ހދ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 72 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅޭ ގޮތުން ޑޮކްޓަރުން ވިދާޅުވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުވާން ޖެހޭ ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގައިވާ ނަމަ މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު