Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްވަންއެންވަން ވައިރަސް

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

މި ބަލި ރާއްޖޭގައި އުޅޭކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 14:17
މާސްކް އަޅައިގެން ބަޔަކު މަގުމަތީގައި ހިނގަނީ

މާސްކް އަޅައިގެން ބަޔަކު މަގުމަތީގައި ހިނގަނީ

އެޗްވަންއެންވަން ފްލޫ ޖެހިގެން މިހާތަނަށް ދެ މީހުން މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

މިބަލީގައި ދެމީހުން މަރުވެފައިވާކަން ހާމަކޮށްފައިވާ އިރު އެންމެ ފުރަތަމަ މި ބަލީގައި މީހަކު މަރުވިކަން އެޗްޕީއޭ އިން ހާމަކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން 26 އަހަރުގެ ފިނިހެނަކު އެބަލީގައި މަރުވެފައިވާ ކަމަށް އެޗްފީއޭ އިން އޭރު ބުނެފައި ވެއެވެ. މީގެ އިތުރުން އައިޖީއެމްއެޗުގައި އިތުރު މީހަކު ވެސް ރޭގެ ވަގުތެއްގައި ހަމަ އެބަލީގައި މަރުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ވަނިކޮށް އެ ބަލީގައި ދެ ވަނަ މީހަކު މަރުވިކަން އެޗްޕީއޭ އިން މިހާރު ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެމީހާ އަކީ ކިޑްނީ ބައްޔަށް ފަރުވާހޯދަމުންދާ މީހެއް ކަމަށާއި އެމީހާވެސް މަރުވެފައިވަނީ މިހާރު ފެތުރެމުންދާ ރޯގާ ޖެހުމަށް ފަހުގައި ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއީ ފ. ނިލަންދޫ އަށް އުފަން 51 އަހަރުގެ އަންހެނެކެވެ.

މި ބަލީގައި މަރުވި ދެ މީހުންނަކީ ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ދެ މީހުންނެވެ.

ހެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާރޗު 15 ވަނަ ދުވަހުގެ ނިއަލަށް އެޗްވަންއެންވަން އިންފްލުއެންޒާ ޖެހިގެން ދެ މީހުން މަރުވެފައިވާ އިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 105 އަށް އަރާފަ އެވެ.

މިހާތަނަށް 335 މީހުން އެޗްވަންއެންވަން އަށް ޓެސްޓް ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ހާމަކުރެއެވެ. މިހާތަނަށް ޓެސްޓް ކުރެވުނު މީހުންގެ އަދަދަށް ބަލާ އިރު ބަލި ޖެހުނު މީހުންގެ ނިސްބަތް 31 ޕަސެންޓަށް އަރައެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު އަތޮޅުތެރެއިން ހދ. އަތޮޅާއި ލ. އަތޮޅުން އެންމެ ގިނަ މީހުން މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު މާލެއިން 739 މީހުން މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އާއި ރޯގާތަކާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. ހދ. އަތޮޅުން 116 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ލ. އަތޮޅުން 101 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. މީގެ އިތުރުން، ކ. އަތޮޅާއި ށ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ހުވަދު އަތޮޅުގައި ވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ފެތުރެމުންދާ ރޯގާއާ ގުޅިގެން ޑޮކްޓަރަށް ދައްކަމުންދާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު