Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ކުޅުދުއްފުށީ

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

މިއހަރުގެ މިހާތަނަށް 77 މައްސަލަ ރިޕޯޓް ކޮށްފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 13 ފެބުރުއަރީ 2017 | ހޯމަ 14:03
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް

ހދ. އަތޮޅުގައި ފާނަބަސަންދުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު ފާތުމަތު ހަސަން ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނުމޫސުމާ ދިމާކޮށް ފާނަބަސަންދު ޖެހޭ މީހުންގެ އަދަދަ އިތުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ވެސް ހޫނުމޫސުމާ ދިމާކޮށް ފާނުބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަ އިތުރުވެފައިވާ ކަމަށް ފާތުމަތު ހަސަން ވިދާޅުވިއެވެ.

ފާތުމަތު ހަސަން ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ގައިން ގަޔަށް އަރާ ބަލި ޖެހިގެން އެއް ކޭސް ނުވަތަ ދެ ކޭސް ހުށަހެޅޭ ކަމަށާއި އެގޮތުން މިހއަރުގެ މިހާތަނަށް 77 ފަރާތަކަށް ފާނަބަސަންދު ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މުޅި ހދ. އަތޮޅުން ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު ކަމަށް ފާތުމަތު ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާނަބަސަންދު ޖެހިގެން އާންމު ގޮތެއްގައި ރިޕޯޓްތައް ލިބިފައި ވަނީ ފަސް އަހަރު މަތީގެ ކުދިންނަށް ކަމަށެވެ. އަދި ހުށަހެޅިފައިވާ ހުރިހައި މައްސަލަތަކުގެ ރިޕޯޓްތައް ހެލްތު މިނިސްޓްރީ އަށް ފޮނުވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފާތުމަތު ހަސަން ވިދާޅުވީ ގައިންގަޔަށް އަރާ ބަލި އިތުރުވިޔަ ނުދިނުމުގެ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންދާ ކަމަށާއި އަދި ހުން އައިސް އެފަދަ އެއްވެސް އަލާމާތެއް އުޅޭ ކުދިން ސްކޫލަށް ނުގެންދިއުމަށް ވެސް ބެލެނެވެރިންގެ ފަރާތުން އެދިފައިވާނެ ކަމށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު