Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

9 ފެބުރުއަރީ 2017 | ބުރާސްފަތި 03:09

21 ވަނަ ގަރުނުގެ ''ގަޓު'' ރައީސް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ކެރިވަޑައިނުގެންނެވި ކަމީ ލަދުވެތި ކަމެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ފެބުރުއަރީ 2017 | ބުރާސްފަތި 03:09
ރައީސް އަބްދުﷲ ޔާމީން 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް އަބްދުﷲ ޔާމީން 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް އަބަދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނުގައި ހުރި ކަންބޮޑުވާކަންތައްތައް ފާހަގަކޮށް، މަހުލޫފު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، 21 ވަނަ ގަރުނުގެ ''ގަޓު'' ރައީސް މި އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ކެރިވަޑައިނުގެންނެވި ކަމީ ލަދުވެތި ކަމެއް ކަމަށެވެ. އެމަނިކުފާނުގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމާއި، މާޔޫސް ކަމާ އަދި އިތުބާރު ނެތްކަން ކަމަށް މަހުލޫފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިމަތީ ހުއްޓި ވަޑައިގެންނެވި އިރު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ގޮނޑި ގެއްލުވާލާ އޭނާ ވަނީ 25 އަހަރަށް ޖަލަށް ލާފައިކަމަށާއި ގަލޮޅު ދެކުނު ދައިރާ ތަމްޞީލުކުރަން ރައްޔިތުން އިންތިޚާބު ކުރި މީހާ އޮތީ 11 މަހަށް ޖަލަށް ލާފައިކަން މަހުލޫފު ފާހަގަކުރައްވާފައިވެއެވެ. މަހުލޫފު ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިއްބެވީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިރުވެރި ކަމެއްގައި ތާއްޓެއްވެފައިކަމަށާއި، މެމްބަރުން ލައްވާ ފާއިތުވި އަހަރު ވެސް ކުރުއްވި ކަމަކީ ޒާތީ މަސްލަހަތަށްޓަކާ ޤާނޫނު އަސާސީ އާއި ހިލާފު ޤާނޫނުތައް ފާސްކުރުވުން ކަމަށެވެ. އެ ހުރިހާ ޖަރީމާތަކަކަށް އެއްބާރުލުން ދެއްވާ ބައިވެރިއަކީ މަޖިލިސްގެ ރައީސް އަބްދުﷲ މަސީހް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ރިޔާސީ ބަޔާނުން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ، ރައްޔިތުންގެ އިތުބާރު ގެއްލި، ސިޔާސީ ނުފޫޒުން ތަގައްޔަރުވެ، ބޮއްސުންލާފައިވާ ޝަރުޢީ ދާއިރާ އާއި ބިރުވެރިކަމާއި، ހާސްކަމުގެ ތެރެއަށް ވެއްޓިފައިވާ ސިޔާސީ ބައިބައިވުމާއި، ކޮށާ ކުދި ކުރަމުން، ފޭރެމުންދާ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ހިމަނުއްވާފައިނުވުން ކަމަށެވެ. ގާދޫކޮލުން ބޭރުވަމުންދާ ޑިމޮކްރަސީ އާއި މަޤްބޫލު އުޒުރެއް ނެތި ފަސްކުރަމުން ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅެމުންދާ ދިވެހިންގެ މައްސަލައާއި މެދު އެއްވެސް ކަންބޮޑުވުމެއް ހާމަ ނުކުރައްވާ އެކަންކަމަށް އަލި އަޅުއްވާލައްވާފައި ނުވާކަން ފާހަގަކުރެވުނު ކަމަށް މަހުލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދައުވާކޮށް ޙުކުމްކޮށްފައިވާ ރިޕޯޓަރުންނާއި، ބަންދުކޮށް ހުރަސް އަޅާފައިވާ މީޑީޔާތަކާއި، ފެތުރި އާއްމުވެފައިވާ ކޮރަޕްޝަންގެ މައްސަލައަށް ރިޔާސީ ބަޔާނުގައި އިޝާރާތްވެސްކޮށްލާފައި ނުވާކަން ފާހަގަކުރެވުނު ކަމަށެވެ.

މަހުލޫފުގެ ބަޔާނުގައި އޭނާ ވަނީ، ރިޔާސީ ބަޔާނުގައި ހިމެނޭ ވަކިވަކި ނުކުތާތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ބަޔާން ނިންމާލަމުން މަހުލޫފު ވަނީ ސަރުކާރުން ކުރަމުންގެންދާ ރަނގަޅު ކަންތައްތައްވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ނުކުޅުދުއްތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަކީ ވަރަށްވެސް ރަގަޅު ކަމެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ. ނަމަވެސް އެކުދިން ޓީވީތަކުން ލައިވްކޮށް ދައްކައިގެން ނުކުޅުދުންތެރިކަމުގެ ސިއްކަޖަހާ އެކަމުން އިތުރު އެހެން މަޤްސަދެއް ހާސިލް ކުރަން އުޅުމަކީ ދެރަކަމެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރު ދަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ކަމަށެވެ. އެއްދުވަހުން އަނެއްދުވަހަށް ތާއީދު ގެއްލެމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވި އެވެ. މަހުލޫފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ރިޔާސީ އިންތިހާބުވެސް ތަފާތުބޮޑުކޮށް ކާމިޔާބުކުރާނެ ކަމަށެވެ. އަދި ވޯޓުފޮށިން ބާރުދައްކާލުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައިކަމަށް މަހުލޫފު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް