Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްވައިން ފްލޫ ފެތުރުން

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

ނޭޝަނަލް ލެބޯރިޓީގެ ތަފާސް ހިސާބުތަކާއި މައުލޫމާތުތައް ބަލަހައްޓަމުންގެންދަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 މާރިޗު 2017 | ހޯމަ 16:29
އައިޖީއެމްޗް - އެޗް1އެން1 ޖެހިފައިވާ 27 މީހަކު އެބަ ތިބި ކަމަށް

އައިޖީއެމްޗް - އެޗް1އެން1 ޖެހިފައިވާ 27 މީހަކު އެބަ ތިބި ކަމަށް

އައިޖީއެމްއެޗަށް އެނގިގެން ރެޔާއި ހަމައަށް އެޗް1އެން1 ވައިރަސްގައި އެއްވެސް މީހަކަށް ފަރުވާދީފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްގައި އެއްވެސް މީހަކަށް ފަރުވާދީފައިނުވާ ކަމަށާއި، އެކަމުގެ ރިޕޯޓެއް ވެސް ލިބިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވީ، ނޭޝަނަލް ލެބޯރިޓީގެ ތަފާސް ހިސާބުތަކާއި މައުލޫމާތުތައް ބަލަހައްޓަމުން ގެންދަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަމަށެވެ. އެހެންކަމުން ނޭޝަނަލް ލެބޯޓަރީގެ ޓެސްޓުތަކުން އެޗް1އެން1 ވައިރަސްއަށް ޕޮޒިޓިވް މީހުންގެ ތަފްސީލުތަކާއި، އެ އަދަދުތައް ހޮސްޕިޓަލަށް ނޭނގޭނެ ކަމަށެވެ. އަދި މިހާރު ފެތުރެމުންދާ ރޯގާ އާއި، ހުމާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ވަގުތާ ހަމައަށް (ރޭގެ 12:15 އާއިހަމައަށް) އެނގިގެން އައިޖީއެމްއެޗްގައި އެޗް1އެން1 ވައިރަސްއަށް އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ، އަދި ރިޕޯޓްކުރެވިފައެއްވެސް ނުވޭ.

އައިޖީއެމްއެޗުން މިހެން ބުނި ނަމަވެސް އެޗްޕީއޭއިން ބުނީ، މި އަހަރުގެ މިހާތަނަށް 208 މީހަކު އެޗް1އެން1 އަށް ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ 27 ފަރާތެއް ކަމަށެވެ.

ހެލްތު މިނިސްޓްރީގައި ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވީ، ޕޮޒިޓިވް ގިނަ މީހުން މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އައިޖީއެމްއެޗްގެ އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވާ ހާލު ބޮޑު އެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އޭޑީކޭ އައިސީޔޫގައި ތުއްތު ކުއްޖަކަށް ދަނީ ފަރުވާދެމުންނެވެ. ޑރ. މޫސާ ވިދާޅުވީ، ފަރުވާ ދެނީ ރިޕޯޓަށް ނޫން ކަމަށާއި ބަލީގެ އަލާމަތްތަކަށް ކަމަށެވެ. އެހެންކަމުން ރިޕޯޓް ލިބޭއިރު ގިނަ ފަހަރަށް އެމީހާ ހުންނަނީ ބަލިން ރަނގަޅުވެފައި ކަމަށެވެ.

ސްވައިން ފްލޫގެ އަލާމާތްތަށް:

  • ކެއްސުން
  • ހުން އައުން
  • ކަރުގައި ރިއްސުން
  • ނޭފަތުން ފެން އައުން ނޭފަތް ބެދުން
  • ގައިގައި ރިއްސުން
  • ބޮލުގައި ރިއްސުން
  • ހީކެރުވުން އަދި ވަރުދެރަވުން

ސްވައިން ފްލޫ ކޮންޓްރޯލް ކުރުމަށް:

  • ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުން
  • ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުން
  • ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކުން
  • ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، ގިނައިން ދިޔާ އެއްޗިހި ބޭނުން ކުރުން

އިތުރަށް ކިޔާލަން

11 މެއި 2017

އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ

11 މެއި 2017
އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ
30 އެޕްރީލު 2017

ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން

30 އެޕްރީލު 2017
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
14 މާރިޗު 2017

އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު