Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ރިޒަރވް

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

ރިޒަރވްގައި ހުރީ ދިވެހިންގެ 25 މިލިއަން ޑޮލަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 މާރިޗު 2017 | ހޮނިހިރު 01:14
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ ރިޒަރވްގައި ބޭނުން ކުރެވޭ، ބޭރުފައިސާގެ ގޮތުގައި ހުރި އަދަދު ރައްޔިތުންނަށް ހާމަ ކުރުމުގައި އޮލުވާލާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިޒަރވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައި ވީނަމަވެސް، އެ އަދަދުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން، މި އަދަދުގެ ތެރޭގައި އިންޑިއާގެ ރިޒަވް ބޭންކުން ނަގާފައިވާ 100 މިލިއަން ޑޮލަރާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފިން ނަގާފައިވާ 75 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި، އެހެންކަމުން، ރާއްޖޭގެ ރިޒަރވްގައި ހުރީ އަމިއްލަ ފައިސާއިން، 25 މިލިއަން އެމެރިކާ ޑޮލަރު ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 201.5 މިލިއަން ޑޮލަރު ހުއްޓެވެ. އަދި މީގެ ތެރޭގައި ހިމެނޭ، 100 މިލިއަން ޑޮލަރަކީ ޚާއްސަ އުސޫލެއްގެ ތެރެއިން ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، ރިޒަރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ފައިސާއެވެ.

އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައިވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާއިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެން ކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ.

އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބުލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އޭޕްރީލް މަހުގެ ތެރޭގައި ދައްކަން ޖެހޭއިރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު