Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ މޮޓޯކޭޑު ހުއްޓުވި މައްސަލަ

ރައީސްގެ މޮޓޯކޭޑު ހުއްޓުވުން: ހާދިސާ ހިނގި ގޮތް ބަލަން ފުލުހުންނާއި އެމްއެންޑީއެފް މަޖިލީހަށް

15 ވަރަކަށް މިނެޓު މަޑުކުރުމަށް ފަހު ރައީސްގެ މޮޓޯކޭޑު އަނބުރާލަން ޖެހުނު ސަބަބު ބަލަން ކޮމިޓީ އަށް ހުށަހެޅި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 08:04
ރައީސްގެ މޮޓޯކޭޑު ހުއްޓުވުން

ރައީސްގެ މޮޓޯކޭޑު ހުއްޓުވުން

ހޯމަ ދުވަހުގެ ރޭ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލަން ފަށައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އާއި އިނާޔަތުގެ ޤާނޫނުގެ ދަށުން ރައީސް އަށް ދެވޭ ހިމަޔާތާއި ރައްކާތެރިކަމާއި ދަތުރުފަތުރުކުރުމުގެ ހުރިހާ ކަމެއް ހަމަަޖައްސަން ޖެހެނީ ޑިފެންސް މިނިސްޓްރީ އިން ކަމަށެވެ. އެހެންކަމަށް ވާއިރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނުމަގުން ރައީސްގެ މޮޓޯކޭޑު ހުއްޓުވާފައިވާ މައްސަލަ އަކީ ރައީސްގެ ސަލާމަތާާމެދު ކަންބޮޑުވާ ފަދަ މައްސަލަ އެއް ކަމަށެވެ.

މީގެ އިތުރުން އެކަން އެގޮތަށް މެދުވެރިވާން ޖެހުނު ސަބަބު ދެނެގަތުމަކީ އެ ކޮމިޓީގެ މަސްޢޫލިއްޔަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރައީސްގެ މޮޓޯކޭޑު ހުއްޓުވި ފަރާތްތަކުން އަމަލުކުރި ގޮތް ތަހުގީގުކުރަމުންދާ ގޮތް ބެލުމާއި ރައީސްގެ ސެކިއުރިޓީ ބްރީޗްވެފައިވޭތޯ ދެނެގަނެ، އެކަމާމެދު ފިޔަވަޅު އެޅުމަށް ވަނީ އަސްލަމް ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލަ ހުށަހެޅުއްވުމުން ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވަނީ އެ އަމަލަކީ އިދިކޮޅު ފަރާތްތަކުން ހިންގި އަމަލެއް ކަމަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމް އޮފީސް ސަރަހައްދުގައި އެކަން ހިނގި ނަމަވެސް އެއީ އިދިކޮޅުގެ އަމަލެއް ކަަމަށް ވިދާޅުނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ހަރަކާތެއް ހިންގަމުން އައި ތަނަކަށް މޮޓޯކޭޑު ވަނުމަކީ ވިސްނައި ހާސްވާންޖެހޭ ފަދަ ހައްސާސް މައްސަލައެއް ކަމެއް ކަމަށް ޣައްސާނު ވިދާޅުވިއެވެ.

މޮޓޯކޭޑު ހުއްޓުވި މައްސަލައިގައި ގަސްތުގައި އެ އަމަލު ހިންގާފައިވޭތޯ ބެލުމަށާއި މޮޓޯކޭޑު ދަތުރުކުރި ރޫޓުގެ ސަލާމަތީ ކަންކަން ރަނގަޅުކަން ކަށަވަރުކުރިތޯ ބެލުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވަނީ މި ބައްދަލުވުމުގައި ހުށަހަޅުއްވާފައެވެ. މޮޓޯކޭޑު ހުއްޓުވުމާއި، އެމްއެންޑީއެފުން އެ ސަރަހައްދަށް ވަން މައްސަލަ ބަލާ ދެ ފަރާތަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ ތާއީދުކުރައްވާފައެވެ. މޮޓޯކޭޑަށް ހުރަސް އެޅުމުގެ ފުރުސަތު ލިބުމަކީ ހިނގައިގެން ވާނެ ކަމެއް ނުން ކަމަށް ފާހަގަކުރައްވާ ހިސާން ވަނީ އެކަން ހިނގައި ދިޔަ ގޮތް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ޕީޕީއެމް އިން ކޮންމެ ރެއަކު ސިލްސިލާކޮށް މުޒާހަރާކުރަމުން ދަނިކޮށް އެ ސަރަހައްދަށް މޮޓޯކޭޑު ވަނުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ޣަފޫރު ހުށަހެޅުއްވި ފަދައިން އެ މައްސަލަ ދެ ގޮތަކަށް ބަލަން ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ވަޑައިގެންނެވިއިރު މަގު ކްލިއަރ ނުކުރުމަކީ ކުޑަކަމެއް ނޫންކަމަށެވެ. އެކަން ހިނގީ ފުލުހުންނާއި އެމްއެންޑީއެފްއާ ދެމެދު މުއާމަލާތު ނުކުރެވިގެންތޯ ނުވަތަ އިންޓެލިޖެންސް ފެއިލްވެގެންތޯ އެއީ ބަލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އާއްމުކޮށް އެ މަގުގައި މުޒާހަރާކުރާ ގަޑިއެއްގައި އެ ސަރަހައްދަށް ރައީސް މޮޓޯކޭޑްގެ ދަތުރު ހަމަޖެހިގެން ދިޔައީ ކޮން މަގްސަދެއްގައިތޯ އާއި އެކަން ކުރީ ގަސްތުގައިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސެކިއުރިޓީ ބްރީޗެއްކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މައްސަލަ ހިނގި ގޮތާމެދު އިންސިޑެންޓް ރިޕޯޓެއް ހޯދުމަށާއި ފުލުހުންނާާއި އެމްއެންޑީއެފް ވަކިން ހާޒިރުކޮށް ސުވާލުކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އޭނާ ހުށަހެޅުއްވިއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލި ނިޔާޒް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ މުޒާހަރާކުރަމުން ދިޔަ ތަނަކީ ބަންދުކޮށްފައި އޮންނަ ރޫޓެއް ނޫން ކަމަށެވެ. އަދި އެ މުޒާހަރާ އަކީ ކްލިއަރ ނުކުރެވޭނެ ވަރުގެ މުޒާހަރާއެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމަށްވާއިރު 15 ވަރަކަށް މިނެޓު މަޑުކުރުމަށް ފަހު ރައީސްގެ މޮޓޯކޭޑު އަނބުރާ އައި މަގުން ދާން ޖެހުނީ ކީއްވެތޯ އެއީ ބަލަންޖެހޭ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއާ މެދު މުއާމަލާތުކުރުމުގައި ހުރި ކަންކަން ކުރިން ވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އަދި އެ މުއާމަލާތުތައް ރަނގަޅަށް ނުހިނގީ ކީއްވެގެންތޯ ބެލުމަށް އޭނާ ހުށަހަޅުއްވިއެވެ. އެ ދެ މުއައްސަސާގެ ކޯޑިނޭޝަންގެ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަަމަށް ވެސް މެންބަރު ހަސަން ލަތީފު ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީމް ވެސް ވިދާޅުވީ މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ޖެހޭ ކަމަށެވެ. އިތުރަށް ވާހަކަދެއްކެވި އެހެން މެންބަރުން ވެސް ވަނީ ރައީސްގެ ސަލާމަތީކަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް މީގެ ކުރިން ދިން ނިރުބަވެރި ހަމަލާގައި ވެސް އިދާރާތަކުން ކުރަން ޖެހޭ ކަންކަން ނުކޮށް ހުރިކަން ފާހަގަކުރެވުނު ކަމަށް މެންބަރުން ވިދާޅުވިއެވެ. އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމަކީ ކަންބޮޑުވުމެއް ކަމަށާއި އަދި ރައީސްގެ ސަލާމަތާމެދު ސުވާލު އުފެދޭ ގޮތަށް ކަންކަން ހިނގުމަކީ ބަލަން ޖެހޭ ކަމެއް ކަމަށް ވެސް މެންބަރުން ވިދާޅުވިއެވެ.

އެ ކޮމިޓީގައި ނިންމާފައިވަނީ މުއައްސަސާތަކުން އަމަލުކުރި ގޮތާއި، އެ ފުރުސަތު ފަހިވި ގޮތް ބެލުމަށެވެ. އަދި އިތުރު ނުކުތާއެއްގެ ގޮތުގައި މޮޓޯކޭޑު އަނބުރާލަން ޖެހުނު ސަބަބު ބެލުމަށް ވެސް ނިންމިއެވެ. އަދި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލު ހޯދަން ސިޓީއެއް ފޮނުވަން ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރު ވެސް މެއެވެ. ރައީސްގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފްލާއަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު