Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު

އޮންލައިންކޮށް ތާވަލްކޮށްފައިވާ އެ މައްސަލަ ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 13:00 އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 މާރިޗު 2023 | ހުކުރު 09:05
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް އާރބިޓްރޭޝަން މައްސަލަ ހުށަހެޅި އިރު، އޭރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ. އޭރު ޑރ.މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޕީޖީ އޮފީހުން ބުނީ ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންދިޔަކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، މުއިއްޒު ދޮގު ބާޔަނެއް ދެއްވާފައިވާކަމަށް ވެސް ޕީޖީ އިން ބުނެއެވެ.

އޮންލައިންކޮށް ތާވަލްކޮށްފައިވާ މި މައްސަލަ ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 13:00 އަށެވެ. މި މައްސަލައިގައި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ހެކިބަސް ނަގާފައެވެ. އެ ދުވަހު ހެކިވެރިޔާ ވަނީ މުއިއްޒުގެ ސޮޔާ ބެހޭގޮތުން ހެކިބަސް ދީފައެވެ. ހެކިވެރިޔާ ވަނީ ހެކިވެރިޔާގެ ކުރިމަތީގައި ޑރ. މުއިއްޒު ކުރައްވާފައިވާ ސޮއިތަކާ މުއިއްޒުގެ ސޮއި އަޅައި ކިޔާފައެވެ. އެގޮތުން ދެ ލިއުމެއްގައިވާ ދެ ސޮއެ ތަފާތު ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ކްރެޑިބިލިޓީއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން އެ ހެކިވެރިޔާއަކީ މީގެ ކުރިން ކޯޓަށް ހެކިބަހެއް ދިނުމަށް ހާޒިރުވި ފަރާތެއްނޫން ކަމަށް ވާއިރު މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުގެ ފޯލިއޯ ނަންބަރު ފަދަ މައުލޫމާތުތައް އެނގެނީ ކީއްވެތޯ ދައުލަތުން ސުވާލުކޮށްފައިވެއެވެ. ނަމަވެސް އެ ހެކިވެރިޔާ ބުނެފައިވަނީ އޭނާ މީގެ ކުރިން މުއިއްޒުގެ ވަކީލުންގެ ޓީމާ ބައްދަލުވެފައި ނުވާނެކަމަށެވެ.

މީގެ އިތުރުން، އެ ހެކިވެރިޔާ ހާޒިރުކުރި ކަންކަން ދިފާއަށް އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދެވިފައިވާތީ، މުއިއްޒުގެ ސޮޔާ ބެހޭގޮތުން ހެކިބަސް ނެގުމަށް ދިފާއުން ދެން ހުށަހެޅި ހެކިވެރިޔާގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. މި މައްސަލަ އާއި ގުޅިގެން ޕްރޮޖެކްޓުތަކުގެ ޝެޑިއުލާ ގުޅޭގޮތުންވެސް ދިފާއީ ހެތްކެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

ނޫމަޑި މައްސަލަ ޑރ. މުހައްމަދު މުއިއްޒުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި
25 ޑިސެމްބަރު 2025

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު