Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތާރު ބޯޅަ ލައްގާ މައްސަލަ

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

ތާރު ބޯޅައަކީ މޫދަށް އެޅޭ ތެޔޮ އަވީގައި ހުރެ، ގިނަ ދުވަސްވުމުން އުފެދޭ އެއްޗެއް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 4 ނޮވެމްބަރު 2023 | ހޮނިހިރު 13:01
ހުޅުމާލޭ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގާފައި

ހުޅުމާލޭ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގާފައި

ހުޅުމާލޭ ގޮނޑުދޮށަށް ލައްގަމުންދާ ތާރު ބޯޅަތަކަކީ، އަޑީތެޔޮ ނުވަތަ ބައެއް އުޅަނދަކުން ބޭރުވެފައި ނުވަތަ އުކާލާފައި ހުންނަ އެއްޗެހި ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިދާރާތަކަށް ގޮވާލައިފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު އޮއިވަރު ހުންނަ ގޮތުން، ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގާފައިވާއިރު، ތާރު ބޯޅައަކީ މޫދަށް އެޅޭ ތެޔޮ އަވީގައި ހުރެ ގިނަ ދުވަސްވުމުން އުފެދޭ އެއްޗެކެވެ. މި ތަކެތި އާންމުކޮށް ފެންނަނީ ކަޅު ނުވަތަ އަޅި ކުޅައިގެ ބޯޅަތަކެއްގެ ގޮތުގައެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ބޯޓިންގ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެއަށް ލައްގަމުންދާ، ގުޅަގުޅައަށް ހުރި ތަކެއްޗަކީ ތާރު ބޯޅަކަމަށާއި، އެ ތަކެތި އެހެން އުފެދެން ދިމާވަނީ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމުގައި އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ރާއްޖެއަކީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔެއަށް އިޝްތިހާރުކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ގައުމަކަށްވާއިރު، ރީތި އަދި ސާފު މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ހުޅުމާލެއަށް މިހާރު ލައްގަމުން އަންނަ ތާރު ބޯޅަތައް ސާފުކުރުމުގެ މަސައްކަތް އާންމުން ކުރަމުން އަންނައިރު، އެއީ ނުރައްކާތެރި އެއްޗެއް ނޫނެވެ. އެކަމަކު އެ ބޯޅަތައް ގައިގައި ޖެހުމުން ހިރުވުންފަދަ ކަންކަން ދިމާވާކަމަށްވެއެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
06 އެޕްރީލު 2024

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

06 އެޕްރީލު 2024
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު
22 ނޮވެމްބަރު 2023

ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

22 ނޮވެމްބަރު 2023
ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު
02 ނޮވެމްބަރު 2023

ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި

02 ނޮވެމްބަރު 2023
ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި
16 ޖުލައި 2023

ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް

16 ޖުލައި 2023
ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު