Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މެރިން އެކްސްޕޯ

މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!

ގިނަ އަދަދެއްގެ ރިސޯޓުތަކުން އެކްސްޕޯއަށް ޒިޔާރަތްކުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 މާރިޗު 2023 | ހުކުރު 09:29
މޯލްޑިވްސް މެރިން އެކްސްޕޯ

މޯލްޑިވްސް މެރިން އެކްސްޕޯ

މޯލްޑިވްސް މެރިން އެކްސްޕޯއަށް މިހާތަނަށް ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށް މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ 8 ވަނަ އެޑިޝަން ފަށާފައިވަނީ މާރޗް 15 ގައެވެ.

އެކްސްޕޯއާ ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން އިވެންޓް މެނޭޖަރ ޝާމް މުހައްމަދު ވިދާޅުވީ އެކްސްޕޯ ފަށައިގެން މިހާތަނަށް އައިއިރު ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށެވެ. ކޮންމެވެސް ވަރަކަށް މޫސުން ގޯސްވުމުގެ ސަބަބުން އެންމެ އުންމީދުކުރި މިންވަރަށް މީހުން ޒިޔާރަތްކޮށްފައިނުވާކަމަށާއި، އެހެންނަމަވެސް މިއަދާއި މާދަމާ ގިނަ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޝާމް ވިދާޅުވީ މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ރިސޯޓުތަކުން އެކްސްޕޯއަސް ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި އެކްސްޕޯގައި ބައިވެރިވި އެގްޒިބިޓަރުންނަށް ގިނަ އޯޑަރުތަކެއްވެސް މިހާތަނަށް ލިބިފައިވާކަމަށް ޝާމް ވިދާޅުވިއެވެ. މި އެކްސްޕޯވެސް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އެކްސްޕޯގައި 170 ޔުނިޓްގައި 100ށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. މިފަހަރުގެ އެކްސްޕޯގައި ޑައިވިންގއަށް ޚާއްސަ ހޯލެއްވެސް ހުރެއެވެ. އެހެންކަމުން މިއަހަރުގެ މެރިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އޮޑިދޯނިފަހަރާ ގުޅުންހުރި ބާވަތްތައް ލިބުމުގެ އިތުރުން ޑައިވިންއާއި ސީ ސްޕޯޓްސްއާ ގުޅުންހުރި އެކި ބާވަތްތައްވެސް ލިބިގެންދާނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްގެންދަނީ މާރޗް 18 ގެ ނިޔަލަށެވެ. މެރިން އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

22 ނޮވެމްބަރު 2023
ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު
04 ނޮވެމްބަރު 2023

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި
02 ނޮވެމްބަރު 2023

ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި

02 ނޮވެމްބަރު 2023
ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި
15 މާރިޗު 2023

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

15 މާރިޗު 2023
މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި
15 މާރިޗު 2023

ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި

15 މާރިޗު 2023
ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު