Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

މަސީހާ ދެކޮޅު މެމްބަރުންގެ އަދަދު ފަސްދޮޅުހަށް އަރަން ޖެހޭ:ރައީސް މައުމޫން

3 ޖުލައި 2017 | ހޯމަ 18:18

ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ޖުލައި 2017 | ހޯމަ 18:18
ރައީސް މައުމޫން ޖަލްސާއެއްގައި ވާހަަކަދައްވަނީ

ރައީސް މައުމޫން ޖަލްސާއެއްގައި ވާހަަކަދައްވަނީ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮއި ލިބުނު ނަމަވެސް އެ އަދަދު 60 އަރަންޖެހޭ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ހޯމަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިއަދު 45 މެންބަރުން ހަމަވެފައި ވާއިރު އެހާ ހިސާބުން މިކުރާ މަސައްކަތް ހުއްޓިގެން ނުވާނެ ކަމަށާއި 60 އަށް ވެސް މެންބަރުންގެ އަދަދު އަރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

"45 މެންބަރު ހަމަވި ނަމަވެސް، މެންބަރުގެ އަދަދު 45 ދާންޖެހޭ. 50 ދާންޖެހޭ. އަދި ފަސްދޮޅަކަށްވެސް ދާންޖެހޭ. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް ފަސޭހަވާގޮތަށް މެންބަރުން އިތުރު ކުރަންޖެހޭ." ރައީސް މައުމޫން ވިދާޅުވި އެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 45 ހަމަނުވާ މެންބަރުންވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިކަން ވާންޖެހޭނީ ހުރިހާ މަޖިލީސް މެންބަރުންނަށް ލިބޭ ޝަރަފަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރަމުންދާއިރު ހިޔާލު ތަފާތުވުންތަކާއި ވަަރަށް ފަސޭހައިން ކުރިމަތިވާނެ ކަމަށާއި އެއީ ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށެވެ.

"މިއީ ތަޖުރިބާކޮށްފައިވާ ކަމެއް. އެެހެން ގައުމުތަކުގައިވެސް ވާގޮތެއް. އެކަމަށް އެބަޖެހޭ ރައްކާތެރިވާން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ފުރުސަތެއް ދީގެން ނުވާނެ އަޅުގަނޑުމެންގެ ދޭދޭ ޕާޓީތަކުގައި މައްސަލަޖެހޭ ކަށެއް. ތިބެންޖެހޭނީ އެކުވެރިކަމާ އެއް ބާރުލުމާއެކުގައި. ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ މަޝްވަރާގެ މަތިން. ގިނަ ބަޔަކު އެއްބަސްވާގޮތަކަށް.ވަކި މީހަކަށް ފެންނަ ގޮތަކަށް. އަޅުގަނޑަށް ފެންނަ ގޮތަކަށް ވަކި ކަމެއް ހިނގައިގެން ނުވާނެ. އެންމެ މަސްލަހަތު ބޮޑުގޮތެއް އަދި ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ހޯދާފަ، އެގޮތަކަށް ކަންކަން ކުރައްވަންޖެހޭނީ." މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއި އެކު މިކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް