Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ފްލެޓް

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 09:20
ކުރީގެ އަރަބީއްޔާ ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ކުރީގެ އަރަބީއްޔާ ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާއި ނުދެއްކޭނެ މީހުންގެ މައުލޫމާތު މިވަގުތު ހާމަ ނުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވިލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކަނޑައެޅި އުސޫލްތަކުގެ ދަށުން ފްލެޓް ލިބުނު މީހުންނާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްލެޓް ލިބުނު މީހުންނާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ގެނެސްދީފައިވާ މައުލޫމާތުތަކަކީ އެޗްޑީސީން ދީފައިވާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވި ގޮތުގައި އެޗްޑީސީން ނިންމާފައި ވަނީ ފްލެޓް ލިބުނު މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ވަކިވަކިން މީޑިއާތަކާ ހިއްސާ ނުކުރުމަށެވެ. އެގޮތުން އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފްލެޓް ލިބުނު މީހުނާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނީ އެކަމަށްޓަކައި ބޭއްވުމަށް ނިންމާފައިވާ ހާއްސަ ނޫސްވެރުންގެ ބައްދަލުވުމެއްގައި ކމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހެއް އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާ ޙަވާލުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި ނުވަދިހަ އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ 3 ކޮޓަރި އާއި، 2 ފާޚަނާ އާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭ ގޮތަށެވެ.

ރާއްޖެއެމްވީ އަށް މީގެ ކުރިން ދިން އިންޓަވިއެއްގައި އެޗްޑީސީގެ އެމްޑީ މުހައްމަދު ސައިމަން ވިދާޅުވެފައި ވަނީ ފްލެޓަށް ފައިސާ ދެއްކުމަށް ލޯނު ލިބޭ ފަރާތްތަކާއި ނުލިބޭ ފަރާތްތައް ވަކި ކުރަން ބޭންކުތަކާ ގުޅިގެން ފައިނޭންޝަލް ސްކްރީނިންނެއް ހަދަމުން އަންނަ ކަމަށާއި، ނަތީޖާ ލިބުމުން ލޯނު ހަމަނުޖެހޭ ފަރާތްތަކަށް ފައިސާ ދެއްކެން ހުރި އިތުރު ފުރުސަތުތައް ބަލައި އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސައިމަން ވިދާޅުވީ ފްލެޓަށް ޑައުން ޕޭމަންޓާއި ދެ މިލިޔަން ރުފިޔާ އެއްކޮށް ދައްކާނެ މީހުން އެބަތިބި ކަމަށާއި އެހެން ކަމުން ސްކްރީނިންގ ހަދަން ނިންމާފައިވަނީ އެ ފަރާތްތައް ވަކިކޮށް، ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ގޮތްތަކެއް ހޯދައިދޭންޖެހޭ ފަރާތްތައް ތިބިތޯ ބަލައި އެ ފަރާތްތައް ދެނެގަތުމަށް ކަމަށެވެ.

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ގުރުއަތުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެޗްޑީސީން ކަނޑައެޅި އުސޫލްތަކުގެ ދަށުން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ކަމަށް ޝަރުތު ފުރިހަމަ ވެފައި ވަނީ އެންމެ 25 ފަރާތެވެ. ނަމަވެސް އެޗްޑީސީން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު