Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަމާއުގެ ޚިތާބު

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

މާލެ ސިޓީ ކައުންސިލްއަށް ބަލާއިރު، ކޮންމެ 4 ވަރަކަށް މުވައްޒަފަކަށް ހުރީ މޭޒަކާއި ކޮމްޕިއުޓަރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ފެބުރުއަރީ 2017 | އާދީއްތަ 18:39
ޝަމާއު ޝަރީފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ

ޝަމާއު ޝަރީފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ

މިހާރު މިއޮތް ސަރުކާރަކީ ލާމަރު ކަޒީ ނިޒާމުން ޤައުމު ހިންގުމަށް ސީދާ ދެކޮޅު ސަރުކާރެއް ކަމަށާއި މިނިޒާމް ދެމެހެއްޓުމަށްޓަކައިވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލް މާފަންނު ހުޅަނގު ދާއިރާ ކައުންސިލަރުގެ އިތުރުން ލޯކަލް ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގައިވެސް އިންނަވާ ޝަމާޢު ޝަރީފް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ޝަމާއުޤުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލް އަށް ދިމާވެފައިވާ ހާލަތަށް ބަލާއިރު، ކޮންމެ 4 ވަރަކަށް މުވައްޒަފަކަށް ހުރީ މޭޒަކާއި ކޮމްޕިއުޓަރެއް ކަމަށާއި ކައުންސިލަރުން މޭޒެއް ގޮނޑިއެއް ނެތި ދޮޅު އަހަރަށްވުރެ ގިނަ ދުވަސް މިހޭދަކުރެވުނީ ކަމަށެވެ. އަދި ޤާނޫނުން ލިބިފައި އޮތް ބާރުތައް ހަނިކުރެވިފައިވާ ކަމަށާއި ދެމުން އައި ޚިދްމަތްތައް 27 ކަމަކުން 7 ކަމަކަށް މަދުކޮށްފައިވާކަމަށް ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވި މިކަން ކަމަކީ މިސަރުކާރުން ކޮށްފައިވާ ކަންކަން ކަމަށާއި މިރާއްޖޭގައި މިހާރު ވެރިކަންކުރަމުން ދާ ސަރުކާރަކީ ލާމަރުކަޒު ކުރުމާއި ސީދާ ދެކޮޅު ސަރުކާރެއް ކަމަށެވެ.

ޝަމާޢު ވިދާޅުވީ ސަރުކާރުން ކައުންސިލްގައި އެދުނު ހުރިހާކަމެއްގައި މިހާތަނަށް އެއްބާރުލުން ދީފައިވާނޭ ކަމަށާއި އެހެން ނަމަވެސް، ލާމަރުކަޒީ ވިސްނުން ނެތް، އެކަމާ ސީދާ ދެކޮޅު ބައެއްގެ ކިބައިން ފެންނާނެ ކަންކަން މިއަދު މާލެ ސިޓީ ކައުންސިލަށް ކުރިމަތިކުރުވި ކަންކަމުން އެނގިގެންދާކަމަށެވެ.

ޝަމާއުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ މަރުކަޒީ ނިޒާމުން ހިންގަމުން އައި ޒަމާން ވޭތުވެއްޖެ ކަމަށާއި ކަތީބުން ލައިގެން މާލޭގައި ފިނިކޮޓަރީގައި ތިއްބަވާ ވަކިބަޔަކު ޤައުމުގެ ހުރިހާ ކަމެއް ކުރާ ނިޒާމަށް ދިވެހިން ނޫނެކޭ ބުނެފި ކަމަށެވެ.

މިހާރު މިއޮތް ސަރުކާރަށް އިޝާރާތް ކުރައްވާ ޝަމާއު ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅުން އަނިޔާވެރިކަން ނިމިގެންދާނެ ކަމަށާއި ޚުދުމުޙްތާރު ވެރިކަންވެސް ނިމިގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަކީ ދިވެހިރާއްޖެ ސަލާމަތްކުރުމަށާއި ލާމަރުކަޒީ ނިޒާމް ދިފާއުކޮށް ހިމާޔަތްކުރުމަށް އޮތް މުހިއްމު ފުރުސަތެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، ރައްޔިތުން ބާރުވެރިކުރުވުމަށް އެމްޔޫއޯ ގެ ކެންޑިޑޭޓުންނަށް ހުރިހާ ރައްޔިތުންވެސް ވޯޓް ދެއްވުމަށް ޝަމާއު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު