Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިއުޓީ ބޮޑުކުރުން

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

ޑިއުޓީ ބޮޑުކޮށްގެން ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކަމާއިބެހޭ އިދާރާތަކަށް ދިނުމަށް ހުށަހެޅި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 04:12
އިޤްތިސާދީ ކޮމެޓީގައި އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުން

އިޤްތިސާދީ ކޮމެޓީގައި އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުން

ދުންފަތު ބާވަތްތަކުން ނަގާ ޑިއުޓީ އެތަށް ގުނައެއް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، ޑިއުޓީ ބޮޑުކޮށްގެން ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ހަރަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރާ އިގްތިސާދީ ކޮމެޓީގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަސް ޕަސެންޓް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ދުންފަތުން އާންމުދުރުކުރުމަށް ހިންގާ ހަރަކާތްތަކަށް ހަރަދުކުރުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވަނީ އިސްލާހު ކޮމެޓީން ބޭރުކޮށްލާފަ އެވެ.

އިސްލާހު ކޮމެޓިން ބޭރުކޮށްލުމާއި ގުޅިގެން ފައްޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދުންފަތުގެ ބާވަތްތަކުން އާންމު ދުރުހެލިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކަށް ޑިއުޓީގެ ފަސް ޕަސެންޓް ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ އިސްލާހަށް މެމްބަރުން ތާއީދުކުރައްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.

ފައްޔާޒު އެފަދަ އިސްލާހެއް ހުށަހެޅުއްވިއިރު، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ ދުންފަތުގެ އަގު ބޮޑުކުރުމުން އާންމުން އެކަމުން ދުރު ނުކުރެވޭނެކަމަށް އިޤްތިސާދީ ކޮމެޓީގައި ބުނެފަ އެވެ. އެޗްޕީއޭއިން ބުނީ އެކަން ހުއްޓުވޭނީ އާންމުން ހޭލުންތެރިކުރެވިގެންކަމަށާއި، ނަމަވެސް ހޭލުންތެރިކުރުމަށް އެ އިދާރާއަށް ބަޖެޓެއްވެސް ނުދޭ ކަމަށެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެޗްޕީއޭ ބަލަހައްޓަވަމުން ގެންދަވާ އައިޝަތު ރަމީލާ ވިދާޅުވީ އެޗްޕީއޭގެ މަސައްކަތްތަކަށް މި އަހަރު ލިބުނީ 3.5 މިލިއަން ރުފިޔާ ކަމަށާއި ކުޑަކުދިންނަށް ޖަހާ ވެކްސިނާއި އެކި ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސްތައް ގަތީމަ، ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށެވެ.

ދުންފަތުން ދުރުކުރުމަށް އާންމުން ހޭލުންތެރިކުރުމަށް ބޮޑުކުރާ ޑިއުޓީއިން ފައިސާ ހަމަޖެއްސުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެކޮޅުހެދިއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ ދުންފަތާއި، އެނާޖީ ޑްރިންކްސްއިން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީން ދިވެހި ރައްޔިތުންގެ ސިއްހަތަށް ސަމާލުކަންދެއްވާލެއް ބޮޑުކަމުން ކަމަށެވެ. ނަމަވެސް މެމްބަރުންގެ އެ ވާހަކަފުޅާއި، އަމަލު ދިމާނުވާތީވެ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔަމުންނެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވެ އެވެ. ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު