Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމު

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ޑިމޮކްރަޓިކް ނިޒާމެއްގައި ޕާޓީއެއްގެ ބޭނުމަކީ ގައުމީ މަސްލަހަތާ ދެކޮޅު ކަންކަން ހުއްޓުވުންކަމަށް ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ޖެނުއަރީ 2017 | ބުރާސްފަތި 03:49
އިލެކްޝަންސް ކޮމިޝަންގެ އިދާރާ

އިލެކްޝަންސް ކޮމިޝަންގެ އިދާރާ

ލޯކަލް ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކަށް ފުރުސަތުދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވަ އަމީން އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީއާއި ހިލާފަށް، އަދި ކޯޓުތަކުގެ ހިޔަނީގައި އިލެކްޝަންސް ކޮމިޝަނާއި ސަރުކާރު ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާއަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

އޭގެއިތުރުން ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި އަމީން ވިދާޅުވެފައިވަނީ، ޑިމޮކްރަޓިކް ނިޒާމެއްގައި ޕާޓީއެއްގެ ބޭނުމަކީ ގައުމީ މަސްލަހަތާ ދެކޮޅު ކަންކަން ހުއްޓުވުން ކަމަށާއި، އެ ގާބިލުކަން ނެތް ނަމަ ކުޑަމިނުން އެކަން ކުށްވެރި ކުރަން ޖެހޭނެ ކަމަށެވެ.

އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާގޮތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި އައު އިންތިހާބެކެވެ. ނަމަވެސް އެކަމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރާއެކު، އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއިމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގައި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ އެއްވެސް ހިޔާލެއް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު