Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވޮންޑޯސްކީގެ ފުރުސަތުތަކަށް އަންސޫ ފަޓީ ހުރަސް އަޅަނީ!

27 ފެބުރުއަރީ 2023 | ހޯމަ 02:19

ދެ ކުޅުންތެރިންގެ މައްސަލަ ހައްލު ކުރަން ކޯޗު ޒަވީ ވަނީ ފަޓީއާ ވާހަކަ ދައްކާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 ފެބުރުއަރީ 2023 | ހޯމަ 02:19
އަންސޫ ފަޓީ (ވ) އާއި ލެވޮންޑޯސްކީ: ދެ ކުޅުންތެރިންގެ ގުޅުން ދަނީ ގޯސްވަމުން

އަންސޫ ފަޓީ (ވ) އާއި ލެވޮންޑޯސްކީ: ދެ ކުޅުންތެރިންގެ ގުޅުން ދަނީ ގޯސްވަމުން

ބާސެލޯނާގެ ދެ ފޯވަޑުން ކަމަށްވާ ޒުވާން އަންސޫ ފަޓީ އާއި ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވޮންޑޯސްކީގެ މެދުގައި ހިލާފުތަކެއް އުފެދި މައްސަލަ ގޯސްވާން ފަށައިފި އެވެ.

ޖަރުމަނުގެ ބުންޑަސްލީގާއިން މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު އިތުބާރު ފޯވަޑް ލެވޮންޑޯސްކީ ދަނީ އޭނާގެ އާކުލަބުގައި ބަޔާން މިއުނިކްގައި ދެއްކި ފަދަ ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ. މިއާ ހިލާފަށް އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާހުރެ 20 އަހަރުގެ އަންސޫ ފަޓީގެ ވިދުން ފެންނަނީ ވަރަށް ފަނޑުކޮށެވެ.

މި ދެ ކުޅުންތެރިގެ މެދުގައި އެންމެ ފަހުން މައްސަލަ ޖެހުނީ ޔޫރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ބާސެލޯނާ ކެޓި މެޗުގަ އެވެ.

މި މެޗުގައި އެންމެ ފަހު ވަގުތު ފެރަން ޓޮރޭޒް ނެގި ހުރަސް ހުސްކޮށް އޮތް ގޯލަށް ފޮނުވާލަން ލެވޮންޑޯސްކީ ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އޭނާ އަށް އެކަން ނުވީ ފަހު 15 މިނެޓުގައި ކުޅެން ނުކުތް ފަޓީ އެދެމެދަށް ފުންމައިގެން އަރައި ބޮލުން ޖަހަން އުޅުމުންނެވެ. ލެވޮންޑޯސްކީ އަކީ މަތިން އަންނަ ބޯޅަތަކަށް ފަރިތަ އަދި އިސްކޮޅުދިގުވެފައި ބޮލުން ޖަހަން ކުޅަދާނަ ކުޅުންތެރިއެކެވެ. ނަމަވެސް މި މެޗުގެ އިތުރުން ވެސް ބައެއް އެހެން މެޗުތަކުގައި އޭނާ އަށް ލިބޭ ފުރުސަތުތަކަށް ފަޓީގެ ފަރާތުން ހުރަސްތައް ކުރިމަތިވާތީވެ ލެވޮންޑޯސްކީ ވަނީ މިކަން ސީނިއާ ކުޅުންތެރިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ޔުނައިޓެޑް މެޗަށް ފަހު ލޮވޮންޑޯސްކީ ފަޓީއާ މެދު ނުރުހިގެން ދަނޑުމަތީގައި ވެސް އޭނާއާ ވާހަކަ ދެއްކި މަންޒަރު ޓީވީތަކުން ފެނުނެވެ.

އަދި ބާސެލޯނާގެ ޗޭންޖިން ރޫމަށް ދިއުމަށްފަހު އޭނާ ވަނީ މިފަދައިން އަމަލު ނުކުރުމަށް ފަޓީގެ ކިބައިން ތަކުރާރުކޮށް އެދިފަ އެވެ.

މިކަމާ ކޯޗު ޒަވީ ހަނާންޑޭޒް ވެސް ފަޓީއާ ވާހަކަ ދައްކާފައިވެ އެވެ. ބޭނުމަކީ ދެ ކުޅުންތެރިންގެ ގުޅުން ގޯސްވިޔަ ނުދިބުމަށް ބާރު އެޅުމެވެ. ޔުނައިޓެޑް މެޗުގައި ފެރަން ޓޮރޭޒް ނެގި ހުރަސް ބޮލުން ޖެހުމަށް ފަޓީ ފުންމައިގަތީ ލެވޮންޑޯސްކީ އެބޯޅަށް އަންނަތަން ނުފެނުމުން ކަމަށްވެސް ފަޓީ ވަނ ބުނެފަ އެވެ. ނަމަވެސް ޕޮލެންޑްގެ ކެޕްޓަންގެ ކިބައިން ފަޓީ މައާފަށް ނޭދެ އެވެ.

އަނިޔާގެ ސަބަބުން ޓީމަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބޭތީވެ މި ސީޒަނަށް ފަހު ފަޓީ ވިއްކާލުމަށް ނުވަތަ ލޯނު އުސޫލުން ދޫކޮށްލަން ބާސެލޯނާއިން ދަނީ ވިސްނަމުންނެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ ތަފާތު ބޮޑުކޮށް ކުރީގައި އޮތް ނަމަވެސް ރޭ އަލްމީރިއާ އަތުން ވަނީ 1-0އިން ބަލިވެފަ އެވެ. މިއީ ޔުނައިޓެޑް އަތުން ބަލިވުމަށްފަހު ބާސެލޯނާ ޖެހިޖެހިގެން ބަލިވި ދެ ވަނަ މެޗެވެ. ނަމަވެސް އެ ޓީމު އޮތީ ހަތް ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގަ އެވެ.

ބާސެލޯނާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް