Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޯޝަލް ސެންޓަރު

ސޯޝަލް ސެންޓަރުގައި ހުރި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް ހުސްކުރަން އަންގައިފި

ޓީޓީ އެސޯސިއޭޝަންގެ އޮފީސް އަދި ހޯލް ހުސްކުރަން ވަނީ އަންގާފައި

ލީވާން އަލީ
ލީވާން އަލީ | 1 ޖުލައި 2017 | ހޮނިހިރު 13:38
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު

ސޯޝަލް ސެންޓަރުގައި ހުރި އެކި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ހުސްކުރަން އަންގައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތުން ހަތަރު އެސޯސިއޭޝަނަކަށް ފޮނުވި ސިޓީއެއްގައި ބުނީ ރަސްފަންނު ތަރައްގީކުރުމުގެ ކޮންސެޕްޓުގައި ހިމެނޭ "ހައި އެންޑް ވޯޓާ ފްރަންޓް ރެސިޑެންޝަލް" މަޝްރޫއުއާ ގުޅިގެން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ނެޓްބޯޅަ ކޯޓު ހިމެނޭ ބިމާއި، ޓީޓީ ހޯލާއި، ޓީޓީ އެސޯސިއޭޝަން އޮފީހާއި، ބާސްކެޓްބޯލް އެސޯސިއޭޝަންގެ އޮފީހާއި އަދި ބަށިބޯޅަ އެސޯސިއޭޝަންގެ އޮފީސް ނިމިދިޔަ ޖޫން މަހަށް ހުސްކުރާށެވެ،

ޔޫތް މިނިސްޓްރީން ވަނީ މިކަމާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއާއެކު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

އެގޮތުން ޔޫތް މިނިސްޓްރީން ވަނީ ޓީޓީ ހޯލާއި ޓީޓީ އެސޯސިއޭޝަންގެ އޮފީސް ގަލޮޅު އެކްޓިވިޓީ ސެންޓަރަށް ބަދަލުކުރަން ނިންމާފައެވެ. ނެޓްބޯލް ކޯޓު މާފަންނު ސްޓޭޑިއަމްގެ ވޮލީކޯޓް ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، ބާސްކެޓްބޯލް އެސޯސިއޭޝަންގެ އޮފީސް ބަދަލުކުރަން ނިންމާފައިވަނީ ހ.ބޯޅަގެ އަށެވެ. އަދި ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީސްވެސް ބަދަލުކުރުމަށް ހަޖައްސާފައިވަނީ ހ.ބޯޅަގެއަށެވެ.

އެހެންނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އަމިނަތް ޝާޒްލީން ވިދާޅުވީ، އެ އެސޯސިޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ސްކޫލް ނެޓްބޯލް މުބާރާތް މި މަހުގެ ފަސްވަނަ ދުވަހު ފަށާ ކަމަށާއި، އެހެންނަމަވެސް އަދިވެސް އެ އެސޯސިއޭޝަނަށް ހަމަޖައްސައިދޭން ޔޫތް މިނިސްޓްރީން ބުނި ބިން ހަމަޖެހިފައިނުވާ ކަމަށެވެ. މީގެއިތުރުން ޝާޒްލީން ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވައިޑީޕީގެ ހަރަކާތެއްވެސް ނެޓްބޯލް އެސޯސިއޭޝަނަށް ކުރިޔަށް ނުގެންދެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު