Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

ޔޫވީން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ސަމާލުވެގެން: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 19:21
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ މެޗަށް ނިކުތީ ވަރަށް ބޮޑު ބްރޭކަކާ އެކުގައި ކަމަށާއި، އެ ގޮތުން މި މެޗުން ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށެވެ.

ނިޒާމްބެ ބުނީ މެޗުގައި ހީކުރި ގޮތާ އެއްގޮތަށް ޔޫވީން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ސަމާލުވެގެން ކަމަށާއި، އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން އޭނާ ބުނީ މެޗުގައި ލީޑު ނެގުމަށް ކުޅުންތެރިން ކުރަންޖެހުނު މަސައްކަތް ވަރަށް ބުރަ ކަމަށާއި، ކައުންޓާއަށް ވިސްނައިގެން އެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށެވެ.

ނިޒާމްބެ ބުނީ މި މެޗަކީ ޓީސީ އަށް ވަރަށް ފަސޭހަކަމާއެކު ނިންމާލެވޭނެ މެޗެއް ކަމަށާއި، އެހެންނަމަވެސް މެޗު ނުކުޅެ ގިނަ ދުވަސްވުމުގެ އިތުރުން ހޫނުގައި ކުޅެންޖެހުމުން އެ އުނދަގޫ ކުޅުންތެރިންނަށް ދިމާވިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ މެޗުގައި ޖުމްލަގޮތެއްގައި ލިބުނު ފުރުސަތުތަކުގެ ތެރެއިން 50 އިންސައްތަ ޓީސީން ނިންމާލެވިފައިވާކަމަށް ގަބޫލުކުރެވޭ ކަމަށާއި، މި މެޗަކީ ޓީސީ އަށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކާއެކުން ކާމިޔާބުކުރެވޭފަދަ މެޗެއް ކަމަށެވެ.

މާލޭ ލީގާ ބެހޭގޮތުން ނިޒާމްބެ ބުނީ އޭނާ އަބަދުވެސް ވިސްނަނީ ލީގުގައި ކުރިޔަށް ކުޅޭ މެޗެއް ކަމަށާއި، އެހެން ޓީމުތައް ހޯދަމުން އަންނަ ކުރިއެރުމަށް ނުވިސްނާ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތީ ވިކްޓްރީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗުކަމަށްވުމުން މިހާރުއްސުރެ ވިސްނާނީ އެ މެޗަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު