Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީގެ ނަތީޖާތައް ރަނގަޅު، ފޯކަސް ހުރީ މެޗަށް

ގަލްޓިއޭ ބުނީ އެ މެޗަށް ނުކުންނަނީ ކުރިއަށް މާސޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ހުރިކަން އެނގިގެން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 02:37
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ނެރެމުން އަންނަ ނަތީޖާތައް ރަނގަޅު ކަމަށާއި، ފޯކަސް ހުރީ މާސޭ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

ގަލްޓިއޭ މިހެން ބުނީ ފްރާންސް ކަޕްގައި ވާދަވެރި މާސޭއާ ދެކޮޅަށް ޕީއެސްޖީން ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްޖީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. ނަމަވެސް ޓޫލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، އެއީ މުހިންމު ބައެއް ކުޅުންތެރިން ނެތުމުން ކަމަށެވެ. އަދި ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިން ވެސް މިވަގުތު ތިބީ ރަނގަޅު ފޯމެއްގައި ކަމަށެވެ. މީގެ އިތުރުން ގަލްޓިއޭ ބުނީ މާސޭއާ ދެކޮޅަށް ކުޅޭ މެޗަކީ ނޮކްއައުޓް މެޗެއް ކަމަށާއި، ކުޅުންތެރިންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގައި ތިބީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށާއި، މެޗުގައި ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އަދި މާސޭ އަކީ އަބަދު ވެސް އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި، އެ މީހުންގެ ކުޅުންތެރިންނަކީ ވެސް މޮޅު ބައެއް ކަމަށެވެ. ގަލްޓިއޭ ބުނީ އެ މެޗަށް ނުކުންނަނީ ކުރިއަށް މާސޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ހުރިކަން އެނގިގެން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ރެނާޓޯ ސަންޗޭސް އަށް އަނިޔާވެއްޖެ ކަމަށާއި، އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. ނަމަވެސް މާސޭ މެޗުގައި މާކޯ ވެރާޓީ އާއި ނޭމާ ޖޫނިއާ އަދި ސާޖިއޯ ރާމޯސް އަށް ކުޅެވޭނެ ކަމަށެވެ. މީގެ އިތުރުން ޕްރެސްނެލް ކިމްޕެމްބޭ މުޅިން ފިޓު ނުވާ ކަމަށާއި، ކީލިއަން އެމްބާޕޭ ވެސް ހުރީ ކުޅުމާ ދުރުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މެޗުގައި ބޭނުންވާ ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިން މިހާރު ވެސް ސްކޮޑުގައި ތިބި ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ، ކުރިއަށް އޮތީ ބޮޑެތި މެޗުތަކެއް ކަމަށާއި، އެއީ ބޭނުންވާ ގޮތް ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީން އެކަހަލަ މެޗު ކުޅެން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، އެންމެ ބޮޑަށް ބޭނުންވަނީ އެ މެޗުތަކުން ނަތީޖާ ނެރުން ކަމަށެވެ. އަދި ކޮންމެ މުބާރާތެއްގައި ވެސް ކުޅެން ޖެހޭނީ ބޮޑެތި މެޗުތައް ކަމަށެވެ. ފްރާންސް ކަޕްގައި އަމިއްލަ ދަނޑުގައި ޕީއެސްޖީން މާސޭއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.

ފްރެންޗް ކަޕްޕީއެސްޖީކްރިސްޓޮފް ގަލްޓިއޭ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު