Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްވިޑެންގައި ޤުރުއާންގެ ކޮޕީއެއް އަންދާލުން

ސްވިޑްންގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން ސްވިޑްން ދިދައެއް ރޯކޮށްލައިފި

ތުރުކީގެ ފުލުހުން އެއްވުމުގެ ބައިވެރިން އެތަނުން ދުރުކުރީ ސްވިޑެން ކޮންސިއުލޭޓްގެ ދޮރާއްޓަށް ގެއްލުންދޭން މަސައްކަތްކުރަން ފެށި ހިސާބުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2023 | އާދީއްތަ 09:49
ސްވިޑެންގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން އެގައުމުގައި ހުންނަ ސްވިޑެން ކޮންސިއުލޭޓް ކުރިމައްޗަށް އެއްވެ އެ ޤައުމުގެ ދިދައެއް ވަނީ ރޯކޮށްލާފައި

ސްވިޑެންގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން އެގައުމުގައި ހުންނަ ސްވިޑެން ކޮންސިއުލޭޓް ކުރިމައްޗަށް އެއްވެ އެ ޤައުމުގެ ދިދައެއް ވަނީ ރޯކޮށްލާފައި

ސްވިޑްންގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން އެކަމާ ނުރުހުންފާޅުކޮށް ސްވިޑްންގެ ދިދައެއްގައި ރޯކޮށްލައިފިއެވެ.

ތުރުކީގެ ރައްޔިތުން ސްވިޑްންގެ ދިދައެއްގައި ރޯކޮށްލައިފައި ވަނީ ތުރުކީގައި ހުންނަ ސްވިޑްން ކޮންސިއުލޭޓްގެ ކުރިމަތީގައެވެ.

ހޮނިހިރު ދުވަހު ތުރުކީގައި ހުންނަ ސްވިޑްން ކޮންސިއުލޭޓް ކައިރިއަށް އެތައް ސަތޭކަ އާންމުންނެއް އެއްވެ ވަނީ ސްވިޑްންގައި އެދުވަހު ކުރިއަށްދިޔަ މުޒާހަރާގައި ހިންގި ނާތާހުޒީބު އަމަލު ކުށްވެރިކޮށްފައެވެ. އެއްވުމުގެ ބައިވެރިން ވަނީ އިސްލާމްދީނާ މެދު މީހުންގެ މެދުގައި ނަފުރަތު އުފައްދާ، އިސްލާމްދީނާ މެދު މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލަންވެސް ގޮވާލާފައެވެ.

ތުރުކީގެ ފުލުހުން އެއްވުމުގެ ބައިވެރިން އެތަނުން ދުރުކުރީ ސްވިޑްން ކޮންސިއުލޭޓްގެ ދޮރާއްޓަށް ގެއްލުންދޭން މަސައްކަތްކުރަން ފެށި ހިސާބުންނެވެ.

ހޮނިހިރު ދުވަހު ސްވިޑްންގެ ސްޓޮކްހޮމްގައި ތުރުކީއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ޤުރުއާންގެ ކޮޕީއެއް އަންދާލުމުން ތުރުކީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ސްވިޑްންއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ދެމުން ނުދާތީ ތުރުކީއާ ދެކޮޅަށް އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީ މީހުން ވަނީ އަޑުއުފުލާ މުޒާހަރާކޮށްފައެވެ. މިމުޒާހަރާގެ ބައިވެރިއެއްކަމަށްވާ ޑެންމާކްގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓއެއްގެ ލީޑަރެއް ކަމަށްވާ ރަސްމުސް ޕަލުޑަން ވަނީ އެމްބަސީ ކުރިމަތީގައި ޤުރުއާންގެ ކޮޕީއެއް އަންދާލާފައެވެ. ރަސްމުސް ޕަލުޑަން އަކީ ސްވިޑްންގެ ރަށްވެހިކަންވެސް އޮންނަ މީހެކެވެ.

އޭނާގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރުކޮށް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސޮގްލޫ ވަނީ ސްވިޑްން ސަރުކާރަށް ގޮވާލާފައެވެ. މިއަމަލަކީ މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާ، އިސްލާމްދީނާ ދެކޮޅަށް، މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ މިދަފަ ނާތަހުޒީބު ކަންކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައިވެސް ނުބެލެވޭނެ ކަމަށް ތުރުކީގެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސްވިޑްންގެ ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލުމުގެ އިތުރުން، އިސްލާމް-ފޯބިއާ ނުވަތަ އިސްލާމްދީނާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރާ މިފަދަ ކަންތައްތައް ހުއްޓުވުމަށް ގައުމުތަކުން ތެދުވެ ފިޔަވަޅު އެޅުމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފައެވެ.

ތުރުކީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސްވިޑްންގެ ފޮރިން މިނިސްޓަރު، ޓޮބިއަސް ބިލްސްޓޮރޮމް ވަނީ އިސްލާމްފޯބިއާގެ އަމަލުތަކަކީ ބަލަން ފަސޭހަވި މަންޒަރެއް ނޫންކަމަށް ދޭހަވާ އިބާރާތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ސްވިޑްން އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ދީފައިވާ ގައުމެއްކަމަށް ފާހަގަކުރައްވާ، މިގޮތަށް ފާޅުކުރާ ކޮންމެ ހިޔާލަކީ އެމަނިކުފާނު އަދި އެގައުމުގެ ސަރުކާރުން ތާއިދުކުރާ ކަންތައްތައް ނޫންކަމަށް ސްވިޑްންގެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސްވިޑްންގައި މިގޮތަށް ޤުރުއާންގެ ކޮޕީއެއް އަންދާލުމާ ގުޅުގެން، ތުރުކީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޖޯޑަން އަދި ކުވެއިތުންވެސް ވަނީ މިކަން ކުއްވެރިކޮށްފައެވެ. ސައުދީން ވަނީ މީހުންގެ މެދުގައި ނަފުރަތު އުފެދޭ ފަދަ މިފަދަ ހައްދުފަހަނައަޅާފައިވާ ހިޔާލުތަކާ އަމަލުތަށް އެގައުމުން ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

އެ ސިޓީގައި ވަނީ ކުރުދުންނަށް ސަޕޯޓުކޮށްވެސް އިތުރު އެއްވުމަކާއި ތުރުކީއަށް ސަޕޯޓުކޮށް އިތުރު އެއްވުމެށްވެސް ހަމަ އެދުވަހު ކުރިއަށް ގެންގޮސްފައެވެ. މިތިން އެއްވުންވެސް ކުރިއަށް ގެންގޮސްފައި ވަނީ އެގައުމުގެ ފުލުހުންގެ ހުއްދައާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ ފައުޖުތަކުން ސީރިއާގެ ތަޙްރީރް އަލް ޝާމް އާ ކުރިމަތިލައިފި

ތުރުކީގެ ފައުޖުތަކުން ސީރިއާގެ ތަޙްރީރް އަލް ޝާމް އާ ކުރިމަތިލައިފި

09 އޮކްޓޯބަރު 2017
ތުރުކީގެ ރައީސް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވުމުގެ ކުށް ސާބިތުވި 40 މީހަކު އުމުރަށް ޖަލަށް ލައިފި

ތުރުކީގެ ރައީސް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވުމުގެ ކުށް ސާބިތުވި 40 މީހަކު އުމުރަށް ޖަލަށް ލައިފި

05 އޮކްޓޯބަރު 2017
ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

24 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

25 ޖޫން 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު