Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ-އީޔޫ

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

އުރްދޮޣާން ވިދާޅުވީ އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފިކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 08:28
 އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށް

އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށް

އީޔޫގެ މެމްބަރެއްގެ ގޮތުގައި ތުރުކީ ބަލައިނުގަނެވޭކަމަށް އެ ޖަމާއަތުން ކުރިން ބުނި ނަމަ ތުރުކީއަށް "ފަސޭހަ" ވީސް ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ބީބީސީގައި ވިދާޅުވެއްޖެއެވެ.

ހާޑްޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުރްދޮޣާން ވިދާޅުވީ އެ ގައުމުގައި "ދެ ފައިމައްޗަށް ކޮޅަށް ހުރުމުގެ ގާބިލްކަން އެބަހުރި" ކަމަށެވެ.

ތުރުކީގައި 150 ނޫސްވެރިން ޖަލަށް ލާފައިވާކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި ރައީސް އުރްދޮޣާން ވިދާޅުވީ ޖަލަށް ލާފައިވާނީ ޕްރެސްކާޑް އޮތް އެންމެ ދެ މީހުން ކަމަށެވެ.

އުރްދޮޣާން މިހެން ވިދާޅުވެފައި މިވަނީ އެ ގައުމުގައި ހުންނަ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޑިރެކްޓަރާއި އިތުރު ނުވަ މީހެއްގެ ބަންދުގެ މުއްދަތު ތުރުކީއިން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައިޑްލް އީޒަރ ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހު ޑިޖިޓަލް ސެކިއުރިޓީ އެންޑް އިންފޮމޭޝަން ވޯކްޝޮޕެއްގެ ތެރެއިން އިތުރު ހަތް މީހަކާއި ޓްރެއިނަރުންގެ ގޮތުގައި ބޭރު ގައުމުތަކުން ގޮސް ތިބި ދެމީހަކާއެކުއެވެ.

މި 10 މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެ މީހުންނަކީ"ހަތިޔާރުއެޅި ޓެރެރިސްޓް ޖަމާއަތެއްގެ މެމްބަރުން" ކަމަށެވެ. އެމްނެސްޓީން ބުނެފައިވަނީ އެމީހުންނަށްވެސް އެއީ ކޮން ޖަމާއަތެއްކަން ނޭނގޭ ކަމަށެވެ.

އެމީހުންގެ ބަންދާއެކު ބައިނަލްއަގްވާމީ މުޖުތަމައުއިން ދަނީ ރައީސް އުރްދޮޣާންގެ ވެރިކަމުގައި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާކަމުގެ އިންޒާރުގެ ރަނގަބީލް އަޅަމުންނެވެ.

"އެއް ދުވަސްވަރެއްގައި އަޅުގަނޑުގެ ބޮޑުވަޒީރު ކަމުގެ ފުރަތަމަ ދައުރުގައި، ޔޫރަޕިއަން ޔޫނިއަން ލީޑަރުންގެ ސަމިޓްގައި ތުރުކީ ސިފަކުރަމުންދިޔައީ ހިމޭން އިންގިލާބެއް ގެނެސްފައިވާ ގައުމެއްގެ ގޮތުގައި. އެކަމަކު މިއަދު ހަމަ އެ އީޔޫއިން، ހަމައެކަނި އަޅުގަނޑުމެންނަށް ދައުވަތު ނުދެނީއެއްވެސް ނޫނޭ އެކަމަކު އެމީހުން އަޅުގަނޑުމެންގެ ވަގުތުވެސް ބޭކާރުކޮށްފި. މިއީ މިހާރުގެ ހާލަތަކީ" އުރްދޮޣާން ވިދާޅުވިއެވެ.

އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށެވެ. އަދި އީޔޫއިން އެމީހުންނަށް ހުށަހެޅި ހުށަހެޅުން އިޚްލާސްތެރި ނޫންކަމަށް ގަބޫލުކުރާކަމަށެވެ.

"މި ހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ތެދުވެރިކަމާއެކު ތިބޭނަން އީޔޫއަށްޓަކައި އަދި ކުޑަ ވަގުތުކޮޅަކު"

"އަޅުގަނޑުމެން ބަލާނަން އެކަމުން އަޅުގަނޑުމެންނަށް ލިބެނީ ކޮންއެއްޗެއްތޯ" އުރްދޮޣާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

24 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

25 ޖޫން 2017
ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި

ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި

19 ޖޫން 2017
ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު