Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

13 ޝަރުތެއް ކަނޑައަޅާ 10 ދުވަހުގެ މުހުލަތެއް އަވައްޓެރި ގައުމުތަކުން ގަތަރައް ވަނީ ދީފައި

ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 10:50
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން - ގަތަރަށް ކުރިމަތި ކުރުވި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް

ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން - ގަތަރަށް ކުރިމަތި ކުރުވި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް

އަވައްޓެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގަތަރުން ފުރިހަމަ ކުރަންޖެހޭ ކަމަށް ބުނެ އެ ގައުމުތަކުން ގަތަރަށް ހުށަހެޅި ޝަރުތު ތަކަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ދެކޮޅު ހައްދަވައިފިއެވެ.

ރައީސް އުރުދުޣާން ވަނީ އަވައްޓެރި ގައުމުތަކުން ގަތަރަށް ކުރިމަތި ކުރުވި ޝަރުތުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް ޝަރުތު ތަކެއް ކަމަށް ވިދާޅުވެފައެވެ.

ތުރުކީގެ މީޑިއާ އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ، މި ފިޔަވަޅުތަކަށް ރައީސް އުރުދުޣާން ދެކޮޅު ހެއްދެވުމުގެ އިތުރުން، އެ ފިޔަވަޅުތަކާ މެދު ގަތަރުން ދިން ރައްދަށް އެމަނިކުފާނު މަރުހަބާ މަރުހަބާ ވިދާޅުވި ކަމަށެވެ.

"ގަތަރަށް ހުށަހެޅި 13 ޝަރުތާ މެދު ގަތަރުން އަމަލު ކުރި ގޮތަށް މަރުހަބާ ކިޔަން، އެ ޝަރުތު ތަކަކީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް ޝަރުތު ތަކެއް" އުރުދުޣާން ވިދާޅުވިއެވެ.

ގަތަރަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އެގައުމާ އޮންނަ ގުޅުން ކަނޑާލީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވައިގެ މަގުންނާއި އެއްގަމު އަދި ކަނޑުގެ މަގުން ގަތަރަށް ދަތުރުކުރެވޭނެ މަގުތައް އެގައުމުތަކުން ވަނީ ބަންދުކޮށްފައެވެ.

މި ފިޔަވަޅު ތަކާ ގުޅިގެން ތުރުކީން އަންނަނީ ގަތަރަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ.

ގަތަރުގައި ތުރުކީގެ އަސްކަރީ ބޭސް އެއް ގާއިމް ކޮށްފައިވާއިރު، އެ ބޭސްގައި ތުރުކީގެ 90 ސިފައިން ގާއިމްވެ އެބަ ތިއްބެވެ.

އަވައްޓެރި ގައުމުތަކުން ގަތަރަށް ކުރިމަތި ކުރުވި ޝަރުތުތަކުގެ ތެރޭގައި އެ ގައުމުގައި ގާއިމް ކޮށްފައިވާ ތުރުކީގެ ބޭސް ބަންދު ކުރުން ހިމެނެއެވެ.

ގަތަރަށް ކުރިމަތި ކުރި ޝަރުތުތަކާ ބެހޭ ގޮތުން މި ދިޔަ ހޮނިހިރު ދުވަހު އެ ގައުމުން ބުނެފައިވަނީ އެއީ ބުއްދި ގަބޫލު ކުރާ ޝަރުތުތަކެއް ނޫން ކަމަށާއި، އެއީ އެގައުމުގެ އިސްތިގްލާލަށް އަރައިގަތުން ކަމަށެވެ.

މީގެ ހަފްތާހެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު ގަތަރުގެ އާބާދީއަށް ބޭނުންވާ ކިރުގެ ބާވަތްތައް މައިގަނޑު ގޮތެއްގައި ގަތަރަށް އެތެރެ ކުރަމުން ދިޔައީ ސައުދީންނެވެ.

ގަތަރުގެ ޚާރިޖިއްޔާއަށް 13 ނުކުތާ އެކުލެވޭ ގޮތުން ހުށަހެޅި ޝަރުތައް އަވައްޓެރި ގައުމުތަކުން ފޮނުވީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ގަތަރުން ބުނެފައިވަނީ ޝަރުތުތައް މުރާޖައާ ކުރަމުންދާ ކަމަށާއި އޭގެ ފަހުން ރަސްމީ ޖަވާބު ދޭނެ ކަމަށެވެ.

މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެހެން ނުކުތާތަކަށް ބަލާއިރު، އަލްޖަޒީރާ ނެޓްވޯކް ބަންދު ކުރުމާއި، އީރާނާ އެކު އޮންނަ ގުޅުން ކުޑަ ކުރުން ހިމެނެއެވެ.

ޝަރުތުތަކަށް އެއްބަސްވުމާއެކު ކޮންމެ މަހަކު އެއްފަހަރު އެ ޝަރުތުތައް ތަންފީޒް ކުރާ މިންވަރު ބަލުމަށް އޮޑިޓް ހެދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މި 13 ޝަރުތު ފުރިހަމަ ކުރުމަށް ގަތަރަށް ދީފައިވަނީ އެންމެ 10 ދުވަހުގެ މުހުލަތެކެވެ.

ގަތަރާއެކު ގުޅުން ކަނޑާލާފައިވާ ގައުމުތަކަކީ، ބަހްރޭން، ކޮމޮރޯސް، މިސްރު، އެރިޓްރިއާ، ޔޫއޭއީ، ދިވެހިރާއްޖެ، މޮރިޓޭނިއާ، ލީބިޔާ، ސައުދީ އަރަބިއްޔާ، ސެނެގަލް އާއި ޔަމަން އެވެ.

ގަތާރާ މެދު އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެ ދިނުމަށް، ފްރާންސް، އެމެރިކާ، އީރާން، ކުވޭތު، މޮރޮކޯ، ޕާކިސްތާން، އަދި ތުރުކީން ހުށަހަޅާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

21 މެއި 2017
ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު