Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުރްދޮޣާން

ތުރުކީގެ ރައީސް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވުމުގެ ކުށް ސާބިތުވި 40 މީހަކު އުމުރަށް ޖަލަށް ލައިފި

31 މީހަކަށް އުމުރަށް ޖަލަށް ލުމުގެ 4 ހުކުމް ކޮށްފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 05:54
ތުރުކީގެ ރައީސް އަވަހާރަކޮށްލަން ރޭވި މީހުންގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށް ގޮވާލާ އުރްދޮޣާންގެ ސަޕޯޓަރުން އަޑު އުފުއްލަވަނީ

ތުރުކީގެ ރައީސް އަވަހާރަކޮށްލަން ރޭވި މީހުންގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށް ގޮވާލާ އުރްދޮޣާންގެ ސަޕޯޓަރުން އަޑު އުފުއްލަވަނީ

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވިކަމުގެ ކުށް ސާބިތުވެ، 40 މީހަކު އުމުރަށް ޖަލަށް ލުމަށް ތުރުކީގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ތުރުކީގެ އިރުދެކުނުގެ ސަހަރެއް ކަމަށްވާ މުގްލާގައި ބުދަ ދުވަހު ބޭއްވި ޝަރީޢަތުގައި 40 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރިއިރު، އޭގެ ތެރެއިން 31 މީހަކަށް އުމުރަށް ޖަލަށް ލުމުގެ ހަތަރު ހުކުމެއް ކޮށްފައިވާ ކަމަށް ތުރުކީގެ މީޑިއާ އާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެ އެވެ.

އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި ގިނަ މީހުންނަކީ ތުރުކީ އަސްކަރިއްޔާގެ ޙާއްސަ ފައުޖުތަކަށް ނިސްބަތްވާ ސިފައިންނެވެ. އޭގެ ތެރޭގައި އަސްކަރިއްޔާގެ އިސް އޮފިޝަލުން ހިމެނެ އެވެ.

އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެރޭ، އުރްދޮޣާން ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ހޮޓަލަކަށް ވަދެގަނެ، އުރްދޮޣާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް މިހަމަލާ އިން އުރްދޮޣާން އާއި އޭނާގެ އާޢިލާ ވަނީ ހަނި ގޮތަކަށް ސަލާމަތްވެވަޑައިގެންފަ އެވެ.

މިމައްސަލާގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި މީހުންގެ ތެރޭގައި މިހަމަލާ ރޭވުމުގެ ތުޙުމަތު ކުރެވިފައިވާ ތުރުކީ އަސްކަރިއްޔާގެ ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ގޯޚާން ސަހިން ސޮންމެޒަޓެސް ހިމެނެއެވެ. އަދި ހަމަލާއަށް ފަހު ހަތަރު ދުވަސް ފަހުން ހޮހަޅައެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ކުރީގެ އެލީޓް ކޮމާންޑޯ ޒަކަރިއްޔާ ކޫޒޫ ވެސް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.

މީގެ އިތުރުން، އުރުދުޣާންގެ ކުރީގެ އަސްކަރީ މުޝީރެއް ކަމަށްވާ އަލީ ޔަޒީސީ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މިދިޔަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ މައްސަލާގައި 47 މީހެއްގެ މައްޗަށް އުރުދޮޣާން އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ޝަރީޢަތް ހިންގާފައިވެއެވެ. އޭގެ ތެރެއިން ކުށް ސާބިތުވެފައިނުވާ ހަމައެކަނި ފަރާތަކީ އަސްކަރިއްޔާގެ ކުރީގެ ކާނަލް ހުސެއިން ޔިލްމާޒް އެވެ.

ތުރުކީގައި ގެންނަން އުޅުނު ބަޣާވާތަށް ފަހު، ކުއްލި ޙާލަތު އިޢުލާނުކޮށް 50 ހާހަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި އެވެ.

ބަޣާވާތް ގެންނަން އުޅުނު ކަމުގެ ތުހުމަތު ތުރުކީ ސަރުކާރުން ކުރަނީ އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅޭ ފަތުﷲ ގުލެންގެ މައްޗަށެވެ. އެހެން ނަމަވެސް ގުލެންގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރެ އެވެ.

އުރްދޮޣާންގެ ވެރިކަން ވައްޓާލުމަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ޝަރީޢަތްތައް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މިމައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޝަރީޢަތް ނިންމައި ޙުކުމް ކޮށްފައިވާއިރު، މިއީ ބަޣާވާތް ރޭވުމުގައި ހިމެނޭ އިސް މީހުންގެ މައްޗަށް ޙުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ބަޣާވާތް ގެންނަން އުޅުމުގެ ތެރޭގައި 249 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި މާމަރިސްގައި އުރްދޮޣާން އާއި އޭނާގެ އާޢިލާ ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ގްރޭންޑް ޔަޒީސީ ހޮޓެލްގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފުލުހުންގެ ދެ އޮފިސަރަކު ހިމެނެ އެވެ.

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އުރްދޮޣާން ވިދާޅުވީ، އޭނާ ހޮޓަލުގައި 10 ނުވަތަ 15 ވަރަކަށް މިނިޓްގައި އިތުރަށް މަޑުކުރި ނަމަ، އޭނާ މަރާލުން ނުވަތަ އެމީހުންގެ އަތްދަށަށް ދިއުމުގެ ފުރުޞަތު އޮތެވެ. މިރޭވުމުން އުރްދޮޣާން ސަލާމަތްވީ، ހަމަލާގެ ވަގުތު ކޮޅެއް ކުރިން ފިއްލަވައިގެން އިސްތަމްބޫލަށް ފުރާވަޑައިގަތުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު