Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

ގަތަރާއި ގަލްފްގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހޫނުވަނީ

ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 23:24
ގަތަރަށް ތުރުކީގެ ފައުޖެއް ފޮނުވުން އަވަސް ކުރީ ގަލްފްގެ މަސްރަހް ހޫނުވަމުން ދިއުން ކަމަށް ބެލޭ

ގަތަރަށް ތުރުކީގެ ފައުޖެއް ފޮނުވުން އަވަސް ކުރީ ގަލްފްގެ މަސްރަހް ހޫނުވަމުން ދިއުން ކަމަށް ބެލޭ

ގަތަރާއި ގަލްފްގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހޫނުވަމުން ދަނިކޮށް ތުރުކީގެ ސިފައިން ގަތަރަށް ފޮނުވުމަށް އަވަސް ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ގަތަރުގެ މިލިޓަރީ ބޭސްގައި ތުރުކީގެ ސިފައިން ގާއިމް ވުމަށް ބޭނުންވާ ގާނޫނު ތުރުކީގެ ޕާލިމެންޓުން އަވަހަށް ފާސް ކުރުމުގެ މަސައްކަތް ތުރުކީން ވަނީ ފަށާފައެވެ.

ގަތަރައް ތުރުކީގެ ސިފައިން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުއި ކަމާއެކު ކުރިއަށްދާ ކަމަށް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާއިރު، ތުރުކީ އަކީ ގަތަރަށް ވަރަށް ބޮޑަށް ތާއީދު ކޮށް އެއްބާރުލުން ދެމުން އަންނަ ގައުމެއްކަން ފާހަގަ ކުރެވެއެވެ. ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާއެކު އޮންނަ ގުޅުން ކަނޑާލާ އަދަބު ދިނުމުގެ ގޮތުން ތަފާތު ފިޔަވަޅު ތައް އަޅަމުންދާއިރު، ތުރުކީގެ ރައީސް ތައްޔިބު އޮރުދުޣާން ވަނީ އެކަންކަމާމެދު ހިތްޕުޅު ހަމަޖެހިވަޑައިގެން ނުގަންނަވާ ކަމަށް ވިދާޅުވެ، ގަތަރާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ބޮޑެތި ބާރުތަކުން ގަތަރު އެކަހެރިކޮށް ވިޔާފާރީގެ ރޮނގުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ މި ދަނޑިވަޅުގައި ތުރުކީގެ އަސްކަރީ ފައުޖެއް ގަތަރަށް އަވަހަށް ފޮނުވުމަށް ނިންމުމަކީ، ތުރުކީން ގަތަރަށް ކުރާ ތާއީދު ހާމަވެގެންދާ ކަމެއް ކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި، މިސްރާއި ބަހުރެއިނުން ވަނީ ގަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަރާރީގެ ގުޅުންތައް ކަނޑާލާފައެވެ.

މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ ބޭސް ވެސް އޮންނަނީ ގަތަރުގައެވެ.

ގަތަރުގައި ތުރުކީގެ މިލިޓަރީ ބޭސް އެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރީ 2014 ވަނަ އަހަރުއެވެ. މި އެއްބަސްވުމުގެ ދަށުން މިހާރުވެސް ގަތަރުގައި ތުރުކީގެ ސަތޭކަ ފަންސާސް ހާހެއްހާ ސިފައިން ތިބެއެވެ. ތުރުކީން ބޭނުންވަނީ މި އަދަދު ތިން ހާހަށް އިތުރު ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ ރައީސް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވުމުގެ ކުށް ސާބިތުވި 40 މީހަކު އުމުރަށް ޖަލަށް ލައިފި

ތުރުކީގެ ރައީސް އުރްދޮޣާން އަވަހާރަ ކޮށްލަން ރޭވުމުގެ ކުށް ސާބިތުވި 40 މީހަކު އުމުރަށް ޖަލަށް ލައިފި

05 އޮކްޓޯބަރު 2017
ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

24 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

25 ޖޫން 2017
ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި

ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި

08 ޖޫން 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު