Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކް ބިސް

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

މިކަން އެމްއެފްޑީއޭއިން އަންނަނީ ބަލަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 ޖޫން 2017 | ބުރާސްފަތި 22:50
ޕްލާސްޓިކް ބިސްކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދާ ބިސްތައް

ޕްލާސްޓިކް ބިސްކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދާ ބިސްތައް

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކާއި ގުޅިގެން މިކަން ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މިކަމާ ގުޅިގެން ބައެއް ތަންތަނުން ބިހުގެ ސާންޕަލްވެސް ނަގާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން، އެ އޮތޯރިޓީގެ އެސިސްޓެންޓް ޕަބްލިކް ހެލްތް ޕްރޮގްރާމު އޮފިސަރ އާދަމް އަސްކަރީ ވިދާޅުވީ، ރާއްޖޭގައި ޕްލާސްޓިކް ބިހާއި ހަނޑޫފަދަ ބާވަތްތައް ވިއްކަމުންދާ ކަން ރަސްމީ ސިފައެއްގައި އެ އޮތޯރިޓީއަށް އެނގިފައިނުވާ ކަމަށާއި ރާއްޖެއަކީ، ޑަބްލިއުއެޗްއޯ މެންބަރު ގައުމަކަށްވާ އިރު މިފަދަ އެލާޓްތައް އެ ޖަމިއްޔާ މެންބަރު ގައުމުތަކަށް ލިބެމުންދާނެ ކަމަށެވެ.

އެގޮތުން ދުނިޔޭގެ އެއްވެސް ގައުމަކުން މިފަދަ ފުޑް އެލާޓެއް މިހާތަނަށް ޑިކްލެއަރ ކޮށްފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެފްޑީއޭއިން ވަނީ ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާކަމަށް ވާހަކަދެކެވެނީ ސޯޝަލް މީޑިއާގައި ކަމަށްވާ އިރު ސޯޝަލް މީޑިއާގައި ހިމެނޭ ހުރިހާ ވާހަކަތަކަކީ ސައްހަ ވާހަކަތައް ނޫންކަން ހނދާންކުރަންޖެހޭ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ބިސް އެތެރެކުރަނީ ގައުމުތަކުން ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، ރާއްޖެއަށް ބިސް އިމްޕޯޓްކުރާ ގައުމުތަކުން ބިސް އެތެރެކުރެވޭނީ ހެލްތް ސެޓްފިކެޓަކާއި އެކު ކަމަށްވެސް، އޭނާ ވިދާޅުވިއެވެ.

" ޝަކުވާއެެއް ރަސްމީގޮތުންނެއް ނެތް ހުށަހެޅިފަ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ފެތުރޭތީ އަންނަނީ ބަލަމުން" އާދަމް ވިދާޅުވިއެވެ.

ސިއްހީ ރައްކާތެރިކަމަށްޓަކައި އެމްއެފްޑީއޭއިން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހުރިހާ ފޯޓްތަކެއްގައިވެސް އެމްއެފްޑީއޭގެ ހާއްސަ ޓީމުތަކުން އަބަދުވެސް ހަރަކާތްތެރިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން ބިހުގެ ބާވަތްތަކާއި މަހުގެ ބާވަތްތަކަކީވެސް ހައި ރިސްކް ކެޓަގަރީގެ ތެރެއިން އަބަދުވެސް ބަލާ ޗެކް ކުރަމުންދާ ތަކެތިކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު