Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގައި ދުވަހު ނޫސް އެއްކުރާ މީހެއް

ޚަބަރު ކިއާނީ ފޯނުންތަ، ނޫނީ ޗާޕު ނޫހަކުންތަ؟

ދުވަހު ނޫސް އެއްކުރުމުގެ މަސައްކަތް އޭނާ ފެށީ 1970ގެ އަހަރުތަކުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 09:40
ޠަލާލް ބުނާ ގޮތުގައި އަދުގެ ދުނިޔެ ފަޠަޙަ ކޮށްފައި ވާ މޯބައިލް ފޯނުތަކުން ޚަބަރު ކިއުމާއި، ޗާޕު ކޮށްފައިވާ ދުވަހު ނޫހަކުން ޚަބަރު ކިއާލުން ވަރަށް ތަފާތު

ޠަލާލް ބުނާ ގޮތުގައި އަދުގެ ދުނިޔެ ފަޠަޙަ ކޮށްފައި ވާ މޯބައިލް ފޯނުތަކުން ޚަބަރު ކިއުމާއި، ޗާޕު ކޮށްފައިވާ ދުވަހު ނޫހަކުން ޚަބަރު ކިއާލުން ވަރަށް ތަފާތު

އެއީ ޣައްޒާގެ އާންމުން ކިއާ އުޅޭ ގޮތުން ނަމަ، "ދަ ނިއުސްޕޭޕަރމޭން"އެވެ. އެހެން ނުކިއާންވީ ސަބަބެއްވެސް ނެތެވެ. ފަލަސްޠީނަށް ނިސްބަތްވާ ޠަލާލް ޠާޙާ، ދުވަހު ނޫސް އެއް ކުރަމުންދާތާ މިހާރު ގާތްގަނޑަކަށް ބައި ޤަރުނުވެއްޖެއެވެ. އޭނާގެ ގޭގައި ހަދާފައިވާ ގުދަނުގައި، މިހާރުވެސް 25000 އަށް ވުރެ ގިނަ ދުވަހު ނޫސް ޖަމާ ކޮށްފައި އެބަހުއްޓެވެ.

ޢުމުރުން 73 އަހަރުގެ ޠަލާލް ބުނާ ގޮތުގައި އަދުގެ ދުނިޔެ ފަޠަޙަ ކޮށްފައި ވާ މޯބައިލް ފޯނުތަކުން ޚަބަރު ކިއުމާއި، ޗާޕު ކޮށްފައި ވާ ދުވަހު ނޫހަކުން ޚަބަރު ކިއާލުން ވަރަށް ތަފާތެވެ.

ކަމާކަންފަށާ، ދުވަހު ނޫސް އެއްކުރުމުގެ މަސައްކަތް އޭނާ ފެށީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އިޒްރޭލާއި މިޞްރުގެ ގުޅުންތައް އޮޅުންބޮޅުންވެގެން ދިޔަ ދުވަސްވަރުގައެވެ. 1973 ވަނަ އަހަރުގެ ހަނގުރާމައިން ފެށިގެން 1979ގެ ސުލްޙައިގެ އެއްބަސްވުމުގެ ދުވަސްވަރުގައެވެ.

އާ ފަތިހަކަށް އަލިވިލުމާއެކު ނިދިން ތެދުވެ، ޠާހާގެ މަސައްކަތަށް ފަށައެވެ. އެއީ ޢަރަބި، އިޒްރޭލީ އަދި ބައިނަލްއަޤުވާމީ ރޭޑިއޯ ސްޓޭޝަންތަކުން ފޮނުވާ ޚަބަރު އަޑު އެހުމުގެ މަސައްކަތެވެ. އޭރު، ފަލަސްޠީނުގައި ޝާޢިއު ކުރާ 4 ދުވަހު ނޫހެއް ކަމަށް ވާ އަލް-ޤުދުސް، އަލް-އައްޔާމް، އަލް-ނަހާރު އަދި ފިލިސްޠީންގެ ކަރުދާސް ޗާޕުތައް ހުންނާނީ ޠާޙާމެންގޭ ދޮރުމަތީގައެވެ. 

ކޮންމެ ނޫހެއްގައި އޭނާގެ ނަމާއި، ފޯނު ނަމްބަރު އަދި އެޑްރެސް ލިޔުމަށްފަހު، ނޫސް ކިއުމަށް ޠާހާ އަވަސްވެގަނެއެވެ. ނޫސް ކިއާ ނިމުމުން، ގޭގައި ހުރި ގުދަނަށް އެ ނޫސް ގެންދެއެވެ. 

2.3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް ބަލާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ. ޣައްޒާގައި ނޫސް ބެހުމުގެ މަސައްކަތުގައި 20 އަށް ވުރެ ގިނަ އަހަރު ހޭދަކޮށް، މިހާރުވެސް އެ މަސައްކަތުގައި ދެމި ހުރި ބާގިރު ނަބީލް ބުނި ގޮތުގައި، ގިނަ މީހުން މިހާރު ޚަބަރު ބަލާ، ހޯދާ ހަދަނީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށެވެ.

މުޅިންހެން ޑިޖިޓަލް ވެފައި ވާ އަދުގެ ދުނިޔޭގައި ޠާހާއަކީ މުއްސަނދި އަރުޝީފެކެވެ. އޭނާގެ ކަލެކްޝަންގައި މިހާރުވެސް، 3000 އަށް ވުރެ ގިނަ، ވަލީމާ ދަޢުވަތު ކާޑު އެބަހުއްޓެވެ. ޠާހާ ނިސްބަތްވާ އަވަށުން މަރުވާ މީހުންގެ ތަފްސީލީ ލޮގެއްވެސް އޭނާގެ އަތުގައި އޮވެއެވެ.

ޠަލާލް ޠާހާ؛ ޣައްޒާގައި ދުވަހު ނޫސް އެއްކުރާ މީހެއްޣައްޒާފަލަސްތީންދުވަހު ނޫސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު