Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެލިކްސްގެ ކުރިމަގު

ފެލިކްސް އެތުލެޓިކޯގައި މަޑުކުރާނެ ކަމުގެ އުންމީދު ބޮޑު

ސެރެޒޯ ވިދާޅުވީ، ދިއިރުޅުމުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 02:12
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފެލިކްސް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފެލިކްސް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް އެ ކުލަބުގައި މަޑުކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ކުލަބުގެ ރައީސް އެންރީކޭ ސެރެޒޯ ބުނެފި އެވެ.

ޒުވާން ކުޅުންތެރިޔާ ޕޯޗުގަލްގެ ބެންފީކާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެތުލެޓިކޯ އިން ފެލިކްސް ހޯދީ އެ ކުލަބަގެ ރެކޯޑު އަގަކަށެވެ. އެއީ 113 މިލިއަން ޕައުންޑަށެވެ. އެތުލެޓިކޯ އަށް ބަދަލުވެ ފެލިކްސް މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، މިހާރު އޭނާގެ އަސްލު ކުޅުން ނުދެއްކޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެހެންކަމުން ފެލިކްސް ބޭނުންވަނީ އެ ޓީމު ދޫކޮށް، އެހެން ޓީމަކާ ގުޅެން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ޝައުޤުވެރިކަން ފެލިކްސް އަށް އެބަ އޮތެވެ.

ފެލިކްސް ހޯދަން ބޭނުންވާ ކުލަބަކުން އޭނާ ގެންދިޔުމަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އެވަރުގެ އަގެއް ކުލަބަކުން ނުދައްކައިފި ނަމަ، ލޯނު އެެއްބަސްވުމެއްގެ ދަށުން އޭނާ އެހެން ކުލަބަކަަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިވާހަކަތަކާ ގުޅިގެން އެތުލެޓިކޯގެ ރައީސް ސެރެޒޯ ވިދާޅުވީ، ދިއިރުޅުމުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ފެލިކްސް އެތުލެޓިކޯގައި މަޑުކުރުމަކީ އާދައިގެ ކަމެއް ކަމާއި، އެކަމުގެ އުންމީދު އޮތް ކަމަށެވެ. ސެރެޒޯ ވިދާޅުވީ ފުޓުބޯޅައިގައި ކަންކަން ވެގެންދާނީ މީހުން ހީވެސް ނުކުރާ ގޮތަކަށް ކަމަށެވެ.

އެތުލެޓިކޯ އަށް ބަދަލުވެ އެ ކުލަބަކަށް މިހާތަނަށް ކުޅެދިން 130 މެޗުން ފެލިކްސް ވަނީ 34 ލަނޑު ޖަހަައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 21-2020 ވަނަ އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑްޔާއޯ ފެލިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު