Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނަލްޑޯ އަލް ނަސްރަށް

ރޮނަލްޑޯ އެންމެފަހުން ސައޫދީ ލީގަށް ބަދަލުވެއްޖެ!

ރޮނަލްޑޯ ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 31 ޑިސެމްބަރު 2022 | ހޮނިހިރު 02:47
ރޮނަލްޑޯ އަލް ނަސްރުގައި ބޭނުންކުރާ ހަތް ނަމްބަރ ޖަރޒީ ދައްކާލަނީ: ފޮޓޯ-އަލް ނަސްރު

ރޮނަލްޑޯ އަލް ނަސްރުގައި ބޭނުންކުރާ ހަތް ނަމްބަރ ޖަރޒީ ދައްކާލަނީ: ފޮޓޯ-އަލް ނަސްރު

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ އެންމެފަހުން ސައޫދީ އަރަބިރާގެ އަލް ނަސްރަށް ބަދަލުވެއްޖެއެވެ. އޭނާ އެކްލަބަށް ސޮއިކުރިކަން ކްލަބުން ވަނީ އިއުލާންކޮށްފައެވެ.

ރޮނަލްޑޯ އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2025 ގެ ނިޔަލަށެވެ. ރިޕޯރޓްތައް ބުނާގޮތުން ރޮނަލްޑޯ އެކްލަބަށް ސޮއިކުރީ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ރޮނަލްޑޯގެ މުސާރަ އަހަރަކު 214 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ. އަލް ނަސްރަށް ސޮއިކުރުމަށްފަހު 37 އަހަރުގެ ރޮނަލްޑޯ ބުނީ އާ ގައުމެއްގެ އާލީގެއްގައި ތަޖުރިބާކުރަން ތައްޔާރަށް ހުރިކަމަށެވެ. އަދި ޔޫރަޕްގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ ކަމަށާއި, މިއީ އޭޝިޔާގައި ތަޖުރިބާކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭކަމަށް ރޮނަލްޑޯ ބުނެފައިވެއެވެ.

ނުވަ ފަހަރު ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފައިވާ އަލް ނަސްރުން ދެކެނީ ރޮނަލްޑޯ އެކްލަބަށް ސޮއިކުރުމަކީ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި މިއީ އެކްލަބާއި, އެގައުމާއި, އެގައުމުގެ ކުރިމަގަށް ނިކުންނަން ތިބި ކުޅުންތެރިންނަށްވެސް ހިތްވަރެއްކަމަށެވެ. މީގެކުރިން މިސީޒަންގައި ރޮނަލްޑޯ ވަނީ ސައުދީގެ އަލްހިލާލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. އޭރު އެކްލަބަށް ނޫނެކޭ ބުނީ މެންޗެސްޓަރ ޔުނައިޓެޑްގައި މަޑުކުރުމަށެވެ. އެކަމަކު ޔުނައިޓެޑާ މައްސަލަޖެހި ވަރލްޑްކަޕް ފެށެން ވެފައިވަނިކޮށް, އެކްލަބްގެ އެއްބަސްވުން ނިމުމަކަށް ގެނައުމުން ރޮނަލްޑޯ ހުރީ ދާނެ ކްލަބެއް ނެތިފައެވެ.

ރޮނަލްޑޯ ޔުނައިޓެޑް ދޫކޮށްލިއިރު އޭނާއަށް ދެ މެޗުގެ ސަސްޕެންޝަނެއް އެބައޮތެވެ. އެއީ މެޗަކަށްފަހު އެވަޓަން ސަޕޯޓަރެއްގެ ފޯނު އެއްލާލި މައްސަލައިގައެވެ. ލޯކަލް ލީގުގައި އަލް ނަސްރުގައި އެސަސްޕެންޝަން ރޮނަލްޑޯ ފުރިހަމަކުރަން ޖެހޭނެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
18 އެޕްރީލު 2017

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު