Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތިނަދޫ ޓީމު

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ތިނަދޫ ހިމެނޭ އަތޮޅު މުބާރާތް ފަށާނީ އަންނަ މަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 14:39
ތިނަދޫ ޓީމަށް ގެނައި ސްޕެއިން ތިން ކުޅުންތެރިންނާއެކު މެމްބަރު އަބްދުﷲ އަހުމަދު

ތިނަދޫ ޓީމަށް ގެނައި ސްޕެއިން ތިން ކުޅުންތެރިންނާއެކު މެމްބަރު އަބްދުﷲ އަހުމަދު

ދިވެހި ޕްރިމިއާ ލީގަށް އަމާޒު ހިފާ ގދ.ތިނަދޫ ޓީމަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި އެވެ.

ހޯމަ ދުވަހު ކިންގްސް ކޯނާ ރެސްޓޯރެންޓުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ތިނަދޫއަށް ގެނެސްފައިވަނީ ސްޕެއިންގައި ކުޅެމުން އައި ޑެފެންޑަރެއް، ސްޓްރައިކަރެއް އަދި މިޑްފިލްޑަރެކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރައްޔަތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ، ތިނަދޫގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މިކުރެވުނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މީގެ ފައިދާ ރަށުގެ ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، ޓީމުގެ ސްޕެއިންގެ ކޯޗުގެ އެދުމަށް ގެނައި ތިން ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ތިން ކުޅުންތެރިން ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންނާއެކު ތިނަދޫ ޓީމުގެ ޓާގެޓް ހާސިލްވާނެ ކަމަށް ގަބޫލުކުރާމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔޫރަޕް ތިން ކުޅުންތެރިން ތިނަދޫ ޓީމަށް ގެނެސްފައިވާއިރު، އަބްދުﷲ ވިދާޅުވީ އޭޝިއާގެ ކުޅުންތެރިޔަކުވެސް އެޓީމަށް ގެންނަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ސްރީލަންކާގެ ކީޕަރެއް މި ހަފްތާ ތެރޭގައި ޓީމާ ގުޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ޓީމަށް ގެނައި މިޑްފިލްޑަރު އަދި ޑިފެންޑަރު ސްޕެއިންގެ ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނަށް ކުޅެފައިވާއިރު، ސްޓްރައިކަރު ވަނީ ރެއާލް ސޮސައިޑާޑްއާ އެކު ޔޫތް ޗެމްޕިއަންޝިޕް ކުޅެފައި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ތިނަދޫ ޓީމު ހިމެނޭ އަތޮޅު މުބާރާތް ފަށާނީ އަންނަ މެއި މަހުއެވެ. އެގޮތުން އެޓީމަށް ޕްރިމިއާ ލީގުން ޖާގަ ލިބޭނީ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އަދި ހުރިހާ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު