Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިކްޓްރީ ސްޕޯޓްސް ކްލަބު

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

ވިކްޓްރީގެ ސްކޮޑު ވަރުގަދަވާނެ، ކުޅުންތެރިންގެ ފެންވަރު އެބަހުރި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 16:39
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ

މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ޕްރެމިއަ ލީގަށް ކޮލިފައިވުން ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އާ ސީޒަނަށް ވިކްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޝާޒް ބުނީ ފާއިތުވި އަހަރުތަކަށްވުރެ މިއަހަރުގެ ވިކްޓްރީގެ ސްކޮޑު ފެނިގެންދާނީ ވަރުގަދަކޮށް ކަމަށާއި އެހެން ކަމުން ސީޒަން ނިންމާލަން ބޭނުންވަނީ ތައްޓަކާއެކު ޕްރެމިއަ ލީގުގައި ދެމި އޮވެގެން ކަމަށެވެ.

"ރާއްޖޭގެ ރަނގަޅު ކުޅުންތެރިންނާ އެއްކޮށް ފޮރިން ރަނގަޅު ކުޅުންތެރިން ތިބީމަ ވަރަށް ބޮޑު އުންމީދެއް އެބައޮތް. ދެން ވިކްޓްރީގެ ވަރަށް ބޮޑު އަމާޒެއް މިފަހަރު ތައްޓެއް ނެގުން. އަދި ޕްރެމިއަ ލީގަށް ކޮލިފައިވުން،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ ވިކްޓްރީއަށް ބިދޭސީ ކުޅުންތެރިން ހޯދުމުގައި ރާއްޖޭގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި އެގޮތުން މިހާރު ތިބި ކުޅުންތެރިންނަކީ އެގޮތަށް ބެލުމަށްފަހު ޓީމަށް ނަގާފައި ތިބި ކުޅުންތެރިން ކަމަށެވެ.

ޝާޒް ބުނީ ވިކްޓްރީ އަލުން ކުރިން އޮތް ހަރުފަތަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން މިހާރު އޮތް ޓީމަކީ އެހިސާބަށް ކްލަބު ވާސިލްކޮށްދެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.

ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ފަރިތަކުރުންތަކުގައި ފެންނަމުންދާކަން ފާހަގަ ކުރަމުން ޝާޒް ބުނީ އެއިން ކޮންމެ ކުޅުންތެރިއަކީ ވެސް ފުރަތަމަ އެގާރާގައި ހިމެނިގެންދާނެ ފެންވަރު ހުރި މޮޅު ކުޅުންތެރިން ކަމަށާއި އެހެން ކަމުން ވިކްޓްރީގެ މުޅި ޓީމުންވެސް ތަފާތުތަކެއް ފެނިގެންދާނެ ކަމަށެވެ.

މިއަހަރުގެ ސީޒަނަށް ވިކްޓްރީ ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ ފާއިތުވި ސީޒަންގައި ވެލެންސިޔާ އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް (ސަޑޭ) ގެ އިތުރުން ޓީސީގެ ކީޕަރު މުހައްމަދު އިމްރާނާއި، މާޒިޔާ އަށް ކުޅުނު އިސްމާއިލް އީސަ (މެސީ) އަދި ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު ނިޔާޒާއި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު ބިދޭސީ ކީޕަރު މުހައްމަދު އަލް ޔޫސުފާއި ފޯވާޑް ކެރިކް އަންދްރޭ އާއި ކްލަބް އީގަލްސް އަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސެޑިކާއި ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ބަލްގޭރިއާގެ ވެލިޗްކޯ ގެނެސްފަ އެވެ.

މީގެ އިތުރުން އެ ކްލަބަށް ފައިތުވި ސީޒަންގައި ކުޅުނު ބައެއް ކުޅުންތެރިންނާއެކު ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު