Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސެމީ ފައިނަލް މެޗަށް ފްރާންސްގެ ރައީސް ޤަތަރަށް

ސެމީ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ މޮރޯކޯއާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޑިސެމްބަރު 2022 | އާދީއްތަ 15:05
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން

ފީފާ ވޯލްޑް ކަޕްގައި ފްރާންސާއި މޮރޯކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބައްލަވާލެއްވުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ޤަތަރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު އަމެލީ އޯދެއާ ކަސްޓޭޜާ ވަނީ ފްރާންސްގެ މެޗު ބައްލަވާލެއްވުމަށް އެގައުމުގެ ރައީސް ޤަތަރަށް ވަޑައިގަތުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މިފަހަރުގެ މުބާރާތާއި ކުރިމަތިލީ އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. ނަމަވެސް ފްރާންސުން އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ.

ފްރާންސުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި އިންގްލެންޑުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފްރާންސް މޮޅުވީ 2-1ންނެވެ. ފްރާންސާއި މޮރޯކޯ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

މީގެ ކުރިންވެސް ފްރާންސްގެ ރައީސް އޮފީހުން ވަނީ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ އެމަނުއެލް މެޗު ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.

ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޤަތަރު ފީފާ ވޯލްޑް ކަޕް 2022ފީފާ ވޯލްޑް ކަޕްއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު